ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގައި މިއަދުގެ ހަތަރުވަނަ މަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

އަނެއްކާވެސް މިއަދު އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް އެމީހާ މަރުވެފައި ވަނީ، މިރޭ 7:46ގައި ކަމަށެވެ. މަރުވީ، އުމުރުން 57 އަހަރުގެ މީހެކެވެ. މިއީ މިއަދުގެ ހަތަރު ވަނަ މަރެވެ.

މިއަދު މަރުވި ހަތަރު މީހުނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ހަތަރު މީހުނެވެ.

މިއަދުގެ ފުރަތަމަ މަރަކީ، 77 އަހަރުގެ މީހެކެވެ. އޭނާ މަރުވީ، ފަތިހު 4:06ގައެވެ. ދެވަނައަށް މަރުވި، 80 އަހަރުގެ މީހެކެވެ. އޭނާ މަރުވީ، ހެނދުނު 10:54ގައެވެ. އުމުރުން 56 އަހަރުގެ މީހާ މަރުވީ، މެންދުރު 3:45ގައި އެވެ. އެއީ މިއަދުގެ ތިން ވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: