ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނާއި ކަރަންޓު ބިލަށް ލުޔެއް ދޭން މާލޭގެ މޭޔަރު ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި ޑރ. މުއިއްޒު ވިދާޅުވީ ‏ކޮވިޑްގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކަރފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެހެންކަމުން މާލޭ ސިޓީގައި ‏ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ގޮވާލާ ކަމަށެވެ.

ކޮވިޑްގެ ނުރައްކާ މިދިޔަ އަހަރު ރާއްޖޭގައި ބޮޑުވިއިރު ސަރުކާރުން ވަނީ ދެ މަސް ދުވަހަށް ފެނާއި ކަރަންޓު ބިލު ކުޑަކޮށްދީފައެވެ.

މުއިއްޒު އިއްޔެ ވަނީ މާލޭގައި ހުންނަ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގެ އިތުރުން، ދަތުރުވެރިންގެ މާރުކޭޓުގެ ހާލަތު ބައްލަވަން ޒިޔާރަތް ކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: