ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ގައިދީއަކު ފިލާފައެއް ނުވޭ: ކޮމިޝަނަރ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ގައިދީއަކު ފިލާފައެއް ނުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މާލޭ ޖަލުން ޕޮޒިޓިވްވި ދެ ގައިދީއަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއެއް އަށް ގެންދިއުމަށް ވެހިކަލްގައި ތިއްބައި އެއިން ފުންމާލައިގެން ފިލާފައިވާ ކަމަށް “އެމްވީކްރައިސިސް” ގައި ގެނެސްދީފައިވާ ހަބަރަކާ ގުޅިގެންނެވެ.

އެގޮތުން ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ގައިދީއަކު ފިލާފައެއް ނުވާ ކަމަަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަ އިރު، ޖަލުތަކުން ޕޮޒިޓިވްވާ ގައިދީންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: