ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި

މަގުތައް ދޮވެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފެށުން—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން މާލޭގެ މަގުތަށް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

މިމަސައްކަތް ފައްޓަވާ ދެއްވީ، މާލޭ ސިޓީގެ މޭޔަ ޑރ. މުއިއްޒުއެވެ.

މުއިއްޒު ވިދާޅުވީ، މާލެ ޑިސްއިންފެކްޓް ކުރަން ނިންމީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ ވެސް އެދުމުގެ މަތިން ކަމަށެވެ.

މިދިޔަ ހަފުތާގައި އާ ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭއާ ބައްދަލުކޮށް، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކޮށްފަ އެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައް ވެސް ސާފުކުރަން ވަނީ ނިންމައިފަ އެވެ.

މާލޭ ސިޓީގެ މޭޔަރުކަމާއި ޑރ. މުއިއްޒު ހަވާލުވެ ވަޑައިގަތުމަށްފަހު، މާލޭގެ އާންމު ހާލަތު ރަގަޅުކުރުމަށް ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: