ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މޯލްޑިވްސް ވިތް ފަލަސްތީން”ގެ ނަމުގައި ހިންގަމުން އައި ފޭސްބުކް ޕޭޖް ބޭން ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކު ދިވެހިން ސާބިތު ކަމާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ފޭސްބުކްގައި ހިންގަމުން އައި “މޯލްޑިވްސް ވިތް ފަލަސްތީން'” ގުރޫޕް ފޭސްބުކުން ބޭން ކޮށްފި އެވެ.

މުޅި ދުނިޔެއަށް ދިވެހިން ތިބީ ފަލަސްތީނާއެކުކަން ހާމަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުން ދިޔަ ދަނޑިވަޅެއްގައި މިކަން ހުއްޓުވުމަށް ފޭސްބުކްއިން މި ގްރޫޕް ބޭންކުރީ އިއްޔެގެ ވަގުތެއްގައެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ހިންގަމުން އައި “މޯލްޑިވްސް ވިތް ފަލަސްތީން'” ގުރޫޕް ބޭން ކުރިނަމަވެސް ކުރަމުން އައި މަސައްކަތް ހުއްޓާނުލާނެ ކަމަށް މި ކަމުގައި އިސްކޮށްއުޅޭ ޒުވާނުން ވަނީ ބުނެފައެވެ. އެ ގުރޫޕް ބޭން ކުރިއިރު ޖުމްލަ 48،000 މެންބަރުން އެ ގްރޫޕުގައި ތިއްބެވެ.

ފޭސްބުކްގެ އިތުރުން ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ. މުޅި ސޯޝަލް މީޑިއާ ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލާ ޝުއޫރުތައް ބަންޑުން ކޮށްލާފައިވާއިރު ފަލަސްތީން މިނިވަން ކުރުމަށާއި އިޒްރޭލްގެ ހަރުކަށި ހައްދުފަހަނައަޅާފައިވާ އުދުވާން ހުއްޓާލަން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ.

މި ގުރޫޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދިޔަ ހުރިހާ ހަރަކާތްތައް ވަގުތުން ދިޔައީ ގެނެސް ދެމުންނެވެ.

ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކުރުމަށް އެކި އެކި ހަރަކާތްތައް ވަނީ ހިންގާފައެވެ. އަދި ދިވެހިންގެ ދީލަތި އެހީތައް ފަލަސްތީނާ ޣައްޒާގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ދަނީ ފޯރުކޮށްދެމުންނެވެ. މުޅި ދުނިޔެއަށް ދިވެހިން ވަނީ ކުޑަ ގައުމެއް ނަމަވެސް ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި ފަސްނުޖެހޭނެކަން ހާމަކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: