ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލިއާގެ ވަށައިގެންވާ މަގުތަކުގައި ކާނުތައް މަދުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މުލިއާގެ ސަރަހައްދުގެ ކާނުތައް މަދު ކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފިޮޓޯ: ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލިއާގޭގެ ވަށައިގެންވާ މަގުތަކުގައި ކާނުތައް މަދުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑިއެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތް ކުރީ މި މަހުގެ 06 ވަނަ ދުވަހު އެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަަހަމްތަކެއް ލިބުނުއިރު ދުވަސްތަކެއް ވަންދެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު މިވަގުތު އިތުރު ފަރުވާއަށް ހުންނެވީ ޖަރުމަންވިލާތުގަ އެވެ.

މިއީ ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ހައިރިސްކު ބޭފުޅާއަށް ދިން ހަމަލާއެއްކަމުން، ގިނަ ބަޔަކު ދަނީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފޯރުކޮށްދޭ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ގޮވާލާފަ އެވެ. އަދި އެކަމާއި ގުޅިގެން ރައީސް ސޯލިހު ވެސް ވަނީ، ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭ ބޭފުޅުންގެ، އެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލުތައް ހޯއްދަވާފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ މަސައްކަތާއި ގުޅޭގޮތުން، މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ވިދާޅުވީ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލިއާގޭގެ ވަށައިގެންވާ މަގުތަކުގައި ކާނުތައް މަދުކުރުމަށް އެމްއެންޑީއެފުން އެދުމުން އެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިގެން ކުރިޔަށް ގެންދާ ކަމަށެވެ. ނަރީޝް “ސަންގު” އަށް ވިދާޅުވީ މި މަސައްކަތް ކުރަނީ އެމްއެންޑީއެފްގެ އެދުމުގެ މަތީން ކަމަށެވެ. އަދި ކުރިޔަށް މިފަދަ މަސައްކަތެއް ހުރިނަމަ މީޑިއާތަކާއި ހިއްސާ ކުރާނެކަމަށް ނަރީޝް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ އެލާޓް ލެވެލް މަތިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ހަރަކާތްތެރިވަމުން ނެވެ. އަދި ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫއިން ވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ ހަތް މީހަކު ހައްޔަރު ކުރި އެވެ. އަދި ހުޅުމާލެއިން ވެސް ވަނީ މީހަކު ހައްުޔަރުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: