ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން އިތުރު ދެ ދިވެއްސަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު ދެ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 58 އަހަރުގެ ފިރިހެނަކާއި އައިޖީއެމްއެޗްގެ އީއާރަށް ގެނައި 81 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މި ދެމީހުންނާއި އެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 131 އަށް އިތުރުވެފައެވެ.

މި ބަލީގައި ރާއްޖެއިން އިއްޔެ ވަނީ ޖުމްލަ ހަ މީހަކު މަރުވެފައެވެ. އެއީ އުމުުރުން 80 އަހަރުގެ ފިިރިހެނަކާއި، 79 އަހަރުގެ އަންހެނަކާއި 62 އަހަރުގެ އަންހެނަކާއި 68 އަހަރުގެ އަންހެނަކާއި 78 އަހަރުގެ ފިރިހެނަކާއި 66 އަހަރުގެ ފިރިހެނެކެވެ. މީގެތެރެއިން ފަސް މީހަކު މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.

ރާއްޖޭގައި މިވަގުތު 23،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 290 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: