ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން އިތުރު ދެ މީހަކު މަރުވެއްޖެ، ޖުމުލަ އަދަދު 144 ކަށް

ކޮވިޑް ޖެހުގެން މަރުވި މީހެއް ޖަނާޒާ— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު ބަލި ޖެހިގެން އިތުރު ދެމީހުން މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 144 އަކަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 1:01 ގައިހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން މިއަދު ހެނދުނު 07:40 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ވެސް ވަނީ މަރުވެފައެވެ.

މަރުވެފައިވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއާއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 144 ކަށް އަރާފައެެވެ.

އިއްޔަ ރާއްޖެއިން ވަނީ ކޮވިޑް-19 ގައި 13 މީހުން މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: