ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތް ހައްދަވައިދެއްވާ: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ރައްޔިތުން ކުރަން ޖެހޭ މަސައްކަތަަށް ލުޔެއް ދެއްވުމުގެ ގޮތުން ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތް ހައްދަވައިދެއްވުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޕެންޝަން އޮފީސް އާއި ހައުސިން ޑޮވެލޮޕްމެންޓް ކޯޕަރޭޝަން ޓެގް ކުރައްވައި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރަން ޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމަށް އެ ރައްޔިތެއްގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުންކުރުމުގެ އިހްތިޔާރު އެ ރައްޔިތަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ގޮވާލާ ކަމަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ބޮކި ފަންކާ ނުހުންނާނެ ކަމަށާއި، ތަށިމުށި ޖަހާފައި ނެތް ކަމަށާއި، އަދި ފާހާނާ އާއި ކޮޓަރިތަކުގެ ދޮރުވެސް ނެތްކަމަށެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މި މަޝްރޫއުގެ ކޮންޓްރެކްޓުގައި އެންމެ ކުރިންވެސް އޮތީ ފިނިޝިން މަސައްކަތް ނުހިމަނާ ކަމަށާއި، އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުންވެސް އެ ކޮންޓްރެކްޓަށް އެއްވެސް ބަދަލެއްވެސް ގެނެސްފައި ނުވާކަމަށެވެ.

އަދި ފިނިޝިން މަސައްކަތް ކުރުމަށް ސަރުކާރުން ފާއިތުވި ދެއަހަރުގެ ތެރޭގައިވެސް މަސައްކަތް ނުކުރީ، ފްލެޓްތަކުގެ މަސައްކަތް ކޮށްފައި ހުރީ އޮތުމުގެ އަގު ވަރަށް ބޮޑުވާނެ ގޮތަށް ކަމުން، ފްލެޓްތައް ލިބޭ ފަރާތްތަކުން ބޭނުންވާ ފެންވަރެއްގައި ބޭނުންވާ ކޮލިޓީއެއްގައި އެ މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 36%ހައިރާންވެއްޖެ 9%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޢެކަަމަކު ކުރީގައި 03 ރޫމް ހުރިހާ މަސައްކަތް ނިންމާފައި 7500 ރ އަށް. ޢެކަމަކު މި ފަހަރު އެއްވެސް މަސައްކަތެއް ނުނިންމާ 02 ރޫމް ވެސް 7500 ރ އަށް ކޮބާތޯ އިންސާފަކީ، މިހާރުވެސް މި ޢުޅެވެނީ ކިރިޔަކިރިޔާ.
    ކުރިން ދިން 03 ރޫމް 7500 ރ ގެ ރޭޓުން ބަލާއިރު ތިޔަ 02 ރޫމަށް 5000ރ އަށްވުރެން ބޮޑުވެގެން ނުވާނެ.

  2. ތިކަން ތިގޮތަށް އޮތްއިރު، މުއިއްޒު އެއީ ބުހުތާނު ދޮގޭ ކިޔައި އަޑުއުފުލިއިރު އަސްލަމް ތިކަން ތިހާ ތަފްޞީލުކޮށް ރައްޔިތުނަށް ހާމަކޮށްދީފައެއް ނުވޭ!؟
    ޢަސްލަމް އެގޮތަށް ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުންވެސް ހިމެނިގެން މިއަދު މުއިއްޒު އެހުރީ ރައްޔިރުން އައްޔަންކުރި ޝަރަފުވެރި އަދި ބާރުގަދަ މަޤާމެއްގާ…
    ދެން، މިހާރު މުއިއްޒު ދައްކާވާހަކަ އަޑުއަހާ އެއަށް ޢަމަލީ ސިފަގެނެސް އެކަންކަން ތަންފީޒު ކުރަންޖެހޭ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: