ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓަށް ގެނައި ހެޔޮ ބަދަލާއެކު ޓެކްނޮލޮޖީގެ އާ އުސްމިންތަކަށް ރާއްޖެ ދިއުމަށް މަގެއް

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ--
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ އިންޓަނެޓަށް ހެޔޮ ބަދަލެއް ގެންނަވާ ސަރުކާރުގެ ފަރާތުން އެކަން މިއަދު މިވަނީ އިއުލާންކޮށްފަ އެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރމެންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ ވަނީ ގޭގެއަށް ދޭ އިންޓަނެޓުގެ ހިދުމަތުގެ އަގަށް ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް އަންނާނެކަމަށް ވިދާޅުވެފައެވެ. ޝައުނާ ވިދާޅުވީ އިންޓަނެޓުގެ އަގަށް މިއަދު ގެނައި ހެޔޮ ބަދަލުތަކުގެ އެންމެބޮޑު އަމާޒަކީ އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް ހެޔޮ އަގުގައި އިންޓަނެޓް ލިބޭނެ މަގު ފަހިކުރުންކަމަށެވެ. މިގެނެވުނު ބަދަލުތަކާއިއެކު މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުގެ ވައުދު ފުއްދުމަށް ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނާއި ކުރެވުނު މަޝްވަރާތަކަށްފަހު މިއަދު މިވަނީ އިންޓަނެޓަށް ގެންނާނެ ހޮޔޮ ބަދަލުތައް ސަރުކާރުން އިއުލާންކޮށްދެއްވާފައެވެ. މިކަމާބެހޭ ގޮތުން އިތުރަށް މިނިސްޓަރ ޝައުނާ ވިދާޅުވީ މިބަދަލާއިއެކު އާންމު ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޓެކޮނޮލޮޖީގެ ހެޔޮ ބަދަލުތަކާއިއެކު ސަރުކާރުގެ ހުރިހާ ހިދުމަތެއްވެސް އިންޓަނެޓަށް ފަރިތަ ހިދުމަތްތަކަށް ހެދުންކަމަށެވެ.

ސަރުކާރުން އިއުލާންކުރެއްވި އާ ސިޔާސަތުގައިވާ ގޮތުން އެންމެ ކުދި ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭނެއެވެ. އަދި 300 ރުފިޔާއަށް ވުރެ މަތީގެ ޕެކޭޖްތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭނެ އެވެ.

އަދި ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަން ޕެކޭޖްތަކުގެ އަގު ވަނީ 28 އިންސައްތައާއި 30 އިންސައްތަ ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފަ އެވެ.

މިއާއެކު ސަރުކާރުން ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ޕެކޭޖްތަކުގެ ތެރޭގައި 250 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 30ޖީބީގެ ޑާޓާ ލިބޭ ތްރޮޓަލް ސްޕީޑް 2 އެމްބީޕީއެސްގެ ޕެކޭޖަކާއި، 500 ރުފިޔާއަށް 15 އެމްބީޕީއެސް ސްޕީޑުގައި 100ޖީބީގެ ޑާޓާ ލިބޭ، ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސްގެ ޕެކޭޖެއްގެ އިތުރުން 700 ރުފިޔާއަށް 25 އެމްބީޕީއެސް ސްޕީޑުގައި 200ޖީބީގެ ޑާޓާ ލިބޭ، ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސްގެ ޕެކޭޖް ހިމެނޭކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފަ އެވެ.

ގޭގެއަށްދޭ އިންޓަރނެޓް ނުވަތަ އިންޓަރނެޓް ފިކްސްޓް ބްރޯޑް ބޭންޑުގެ ޙިދުމަތުގެ އަގަށް ގެނައި ބަދަލަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. މޯބައިލް ޑޭޓާ އެލަވަންސް 20 އިންސައްތަައަށް ހެޔޮވެގެންދާނެކަމަށާއި، މިބަދަލުތަކަށް އަންނަ އޮކްޓޫބަރުމަހުން ފެށިގެން އަމަލުކުރަމުންދާނޭކަމަށްވެސް ސަރުކާރުން ވިދާޅުވެ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެމުންގެންދާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު އެންމެ ގިނަ ބައެއްގެ ޝަކުވާ އަކަށް ވެފައިވާ ނުވަތަ ގިނަ ފަރާތްތަކަށް އެންމެ ބޮޑު މައްސަލައަކަށްވީ އިންޓަރނެޓްގެ ސްޕީޑް ކަމަށާއި އަނެއް ބަޔަކަށް އެންމެ ބޮޑު މައްސަލައަަކަށްވީ އިންޓަރނެޓްގެ އަގުތަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދުނިޔެ ޓެކްނޮލޮޖީގެ މުޅިންއާ މިސްރާބަކަށް ދަތުރުކޮށްފައިވާއިރު ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްގޮތަށް އަޅުގަނޑުމެންގެ ކުޑަ ދިވެހި ރާއްޖެވެސް މިވަނީ އެންމެފަހުގެ މޯބަލްއިން ފޯނާއި، ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތަކަށް ލޯބިކުރާ ބަޔަކަށް ވެފައެވެ. ގޭގޭގެ އިންޓަނެޓް އަގުބޮޑުވުމާއި މޯބައިލް ފޯނުތަކުން އިންޓަނެޓް ބޭނުންކުރާ ނިސްބަތް އިތުރުވެ ބިލު ބޮޑުވެގެން ދިއުމަކީ ރައްޔިތުން ތަކުރާރުކޮށް ކުރަމުންދިޔަ ޝަކުވާއެކެވެ. އިންޓަނެޓަށް މިއަދު މި ގެނައި ހެޔޮ ބަދަލާއެކު ރައްޔިތުންގެ މި ޝަކުވާތަކަށް ނިމުމެއް އަންނާނެކަމަށް ގަބޫލްކުރެވެ އެވެ.

މިގެނެވުނު ބަދަލާއެކު ގޭގައި ތިބެގެން ފަސޭހަކަމާއެކު ކުރިން ތަކްލީފާއެކު ތަންތަނަށް ގޮސްގެން ކުރަންޖެހޭ އެތައް މަސައްކަތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ ރާއްޖެ ޓެކްނޮލޮޖީގެ ރޮނގުން އާ އުސްމިންތަކަކުން ފޯރުމަށް ވެސް އެޅިގެންދާނެ މުހިއްމު ހަރުދަނާ ފިޔަވަޅެކެވެ. އަބަދުވެސް ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އިންޓަނެޓްގެ ސްޕީޑްދަށް އިރުގައި އަބަދުވެސް އަގުތައް އިންތިހާއަށް މަތީގައި ހުރުމެވެ. މިއީ ހައްލެއް ނުލިބޭނެކަމެއްކަމަށް ރައްޔިތުން ހީކޮށްގެން އުއްމީދު ގެއްލުވާލައިފައިވަނިކޮށް ސަރުކާރުން،ިވަނީ މިކަމަށް ހައްލެއް ގެނެސްދީފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިންޓަނެޓްގެ އަގުހެޔޮކުރުމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމާއެކު، ރައްޔިތުންގެ ގިނަ ދުވަސް ތަކުގެ އިންތިޒާރަކަށް މިއަދު މިވަނީ ނިމުމެއް ގެނެވިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: