ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސާއި އެކު ކުރިޔަށް ދިޔަ މަޝްވަރާއާއި އެއްގޮތަށް ފްލެޓުގެ އަގު ކުރަކުރުމުން ހިތްހަމަޖެހޭ: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައި، ހިޔާ ފްލެޓުތައް ހަވާލު ކުރުން ލަސްވުމާއި އަދި އަގުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާނެކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މީޑިއާތަކާއި އަދި އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވަކީ ތަފާތު އެކި ފަހަރުމަތިން ދިން ތާރީހުތައް ފަހަނަޅައި ދިޔައިރު ވެސް ފްލެޓުތައް ހަވާލު ކުރެވިފައި ނުވުމެވެ. އަދި ފްލެޓުތައް ތަރައްގީ ކުރުމުގައި ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން، ސުވާލު އުފައްދައި މި ސަރުކާރުން ފާޑުކިއުން އަމާޒުކޮށްފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި، ފްލެޓު ލިބުނުކަމުގެ ލިޔުން ދޫކޮށްފައިވާ ގިނަ ބައެއްގެ އަތުން ފަހުން ގެއްލިގެން ދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ފްލެޓު ކޮމިޓީއިން އަލުން އެ ރިވިއު ކުރުމުންނެވެ.

މީގެ އިތުރުން ފްލެޓަށް ދައްކަން ޖެހޭ ކުލިއާއި ގުޅޭގޮތުން އެކި ފަހަރު، އެކި ގޮތަށް ވާހަކަ ދައްކާފައިވާތީ އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިރޭ މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދިފައިވާކަމަށެވެ. އެގޮތުން ފްލެޓްގެ ފިނިށިންގެ ގިނަ މަސައްކަތްތައް ކުރަން ހުރުމުން އާއްމު ރައްޔިތުންނަށް 8،500 ރުފިޔާ ކުލީގެ ގޮތުގައި ދެއްކުމަކީ ވަރަށް ބޮޑު ތަކްލީފަކަށް ވެގެންދާނެ ކަމަށް ރައީސްގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ފްލެޓަށް ވަދުމަށް ކުރަން ޖެހޭ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް 2 ލައްކައެއްހާ ރުފިޔާ ހޭދަވާނެތީވެ ކުލީގެ ގޮތުގައި އެހާ ބޮޑު އަދަދެއް ދެއްކުމަކީ ރައްޔިތުންނަށް ކުރަން އުނދަގޫވާނެ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

އަދި ރައީސް ޔާމިންގެ ސަރުކާރުގައިވެސް ފްލެޓްތަކުގެ ކުލި ހަމަޖެއްސުމުގައި 5500 އަށް ކުލި ބަހައްޓަން ހެދުނު އެސެސްމަންޓްތަކުން ވެސް އެޗްޑީސީއަށް ގެއްލުންނުވާނެ ކަމަށް ހާމަވެފައިވާ ކަމަށެވެ. އެގޮތުން މުއިއްޒު ރައީސްގެ އަރިހުން ކުލި 6،000 އަށްވުރެ ބޮޑު ނުކުރުމަށް އެދުނުކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިކަމާ ގުޅޭގޮތުން ރައީސް ދެއްވި ޖަވާބާ ދޭތެރޭގައި ހިތްހަމަ ޖެހިވަޑައިގަންނަވާކަމަށެވެ އެގޮތުން ރައީސް މިކަމާ ދޭތެރޭ މިކަންކަން ގަބޫލު ކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮން ކުއްޔެއް ކުޑަކުރާކަށް. ކުލި ހަމަ ސަޅި. ތި ފްލެޓް ތަކުގެ ހައްގު ވެރިންނަށް (ހާލުގައި މާލޭގައި) ދިރިއުޅުއްވާ މީހުނަށް ދީބަލަ. ރައްޔިތުންނަށް އަޅެ އެންމެ ހެޔޮކަމެއް ކޮށްދެވޭތޯ ބައްލަވާ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: