ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

7 އަހަރުގެ ކުޑަކުއްޖަކާއެކު ޖުމްލަ 10 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ދަރުމަވަންތަ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލުދެރަވެގެން 252 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު 10 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ވެންޓިލޭޓަރުގައި ފަރުވާދޭ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާ 7 އަހަރުގެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ.

އެޗްޕީއޭގެ އެޕިޑިއޮމޮލަޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހިފައިވާ 7 އަހަރުގެ ކުއްޖާގެ ހާލަތު އިތުރަށް ގޯސްވެގެން މިހާރުވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައިކަމަށެވެ. އެކުއްޖާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށާއި އަދިވެސް އެކުއްޖާއަށް ފަރުވާދެމުންދަނީ ހާލަތު ސީރިއަސް އަދި ކްރިޓިކަލް ޕޭޝަންޓެއްގެ ގޮތުގައި ކަމަށް ވަނީ ހާމަކޮށްފައެވެ.

ކޮވިޑް ޖެހިގެން 24،818 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނައިރު މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެނީ 252 މީހުންނަށެވެ. އަދި އެންމެ ގިނަ މީހުންނަށް ފަރުވާދެމުން ގެންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 160 މީހުން އެޑްމިޓްކޮށްފައިވާއިރު އެތަނުގެ އައިސީޔޫގައި 9 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އަދި އައިސީޔޫ ފެސިލިޓީއެއްގެ ގޮތުގައި މީހުންނަށް ފަރުވާދެމުންގެންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދޭ 9 މީހުންގެ ތެރެއިން 6 މީހުންނަށް ފަރުވާދެނީވެސް ވެންޓިލޭޓަރުގެ އެހީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: