ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް 1000 ޓެސްޓު ކިޓު ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ އިކުއެޓޯރިއަލް ހޮސްޕިޓަލަށް 1000 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުން ބުނީ ހޮސްޕިޓާލިޓީ ދާއިރާގައި އުޅޭ އައްޑޫގެ ބަޔަކު އިސްނަގައިގެން 1000 ޓެސްޓް ކިޓްގެ އިތުރުން ކޮވިޑް-19ގެ މިހާލަތުގައި ސިއްހީ ހިދުމަތްތެރިން ބޭނުންކުރާ ފޭސް ޝީލްޑާއި ޕީޕީއީ ގެ އިތުރުން އެހެނިހެން ސާމާނު އެ ހޮސްޕިޓަލަށް ހަދިޔާކޮށްފައިވާކަމަށެވެ.

އެ ތަކެއްޗާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން ހަވާލުވެފައިވަނީ އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހެވެ.

އައްޑޫ ސިޓީ މޮނިޓަރިން އަށް ލެވުނުތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެރަށްވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައެވެ. އެގޮތުން މިހާރުވެސް އައްޑޫގައި 174 އެކްޓިވް ކޭސް ހުރިއިރު މިބަލީގައި އައްޑޫއިން 2 މީހުން ވަނީ މަރުވެފައެވެ. އަދި މިހާރުވެސް އެކަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

އަދި އައްޑޫއިން މިހާތަނަށް ޓެސްޓް ކުރި 4064 ސާމްޕަލް އިން 277 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: