ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު އަޅައިދޭނެކަމަށް ބުނެ އޮޅުވާލި ސީލައިފް އައްމަޓީއަށް 40 އަށް ވުރެ ގިނަ ދައުވާ!

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށްފައިސާ ނެގި، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ގެ މައްޗަށް 42 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މިއީ އެޗްޑީސީ އާއި ސީލައިފާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި މަޝްރޫއެއްގެ މައްސަލައެކެވެ. އެއްބަސްވުމުގައި ވާ މުއްދަތު ހަމަވީއިރު ވެސް މަސައްކަތް ކުންފުނިން ފަށާފައިނުވާއިރު، ފެލްޓު ގަންނަން ހުށަހެޅި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ވަނީ ފައިސާ ނަގާފަ އެވެ. އައްމަޓީގެ މައްޗަށް ކުރެވެނީ، މަކަރާއި ހީލަތުން އެ ފައިސާ ނަގައި ހިޔާނާތް ވީކަމުގެ ތުހުމަތެވެ.

ގިނަ ދުވަސްތަކެއް ވަންދެން، ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް، އޭނާ ހައްޔަރު ކުރީ އަވައްޓެރި ލަންކާއިންނެވެ. އޭރު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯސްޓިސްއެއް ނެރެފައި ވެއެވެ.

ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި އަންމަޓީގެ މައްޗަށް ހިޔާނާތްތެރި ވުމުގެ ކުށުގެ 42 ދައުވާއެއް އުފުލައި، ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އިއްޔެ އެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i)އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ)ގެ (3) ވަނަ ނަންބަރުގެ ދަށުން 12 ދައުވާއެއް އުފުލާފައި ވެއެވެ. އަދި ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން 25 ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން 05 ދައުވާ އެވެ.

މި ކުށްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ އެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 19%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: