ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އިތުރަށް ޗައިނާއިން ވެކްސިން ހޯދުމުގެ ވިސްނުމެއް ނުގެންގުޅޭ- ނަސީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އިތުރަށް ޗައިނާއިން ވެކްސިން ހޯދުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާ އާ ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ޗައިނާ ސަރުކާރާއެކު ވެކްސިން ހޯދުމަށް އިތުރު އެއްބަސްވުމެއް ގާއިމްކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވުމާއި ގުޅިގެން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

އެސްޓްރަޒެނެކާ ވެކްސިން ރާއްޖެއިން އޯޑަރު ކޮށްފައިވާ ކަމަށް މިނިސްޓަރ ނަސީމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވުނު މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ދެވެނޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިން މިހާރު ވެސް ރާއްޖޭގައި އަންނަނީ ދެމުންނެވެ. އެގައުމުން ވަނީ ސިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ރާއްޖޭގެ ގިނަބަޔަކަށް ޖަހަމުން އަންނަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިންއެވެ. ކޮވިޝީލްޑްގެ ސްޓޮކް ހުސްވެ އެ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި100،000 އަށްވުރެ ގިނަ މީހުންނަށް ދެވަނަ ޑޯޒް ނުޖެހި ގިނަ ދުވަސްތަކެއް ވަމުން ދާތީ ބައެއް ފަރާތްތަކުން ދަނީ މިކަމާ ދޭތެރޭ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެއްވެސް ރޭވުންތެރި ކަމެއްނެތި ވެކްސިން ޖަހަމުން ގެންދާތީ ބައެެއް މީހުންވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން 309،815 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 166،490 މީހުންނެވެ. މާލެ ސަރަހައްދުގައި އަންނަނީ ތިން ތަނަކުން ވެކްސިން ޖަހައިދެމުންނެވެ. ވެކްސިން ޖަހައި ދިނުމުގެ ކަންކަން ކުރިޔަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: