ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‏މި ފަހަރުގެ ކޮވިޑު ރާޅުގައި ކުޑަކުދިންވެސް ވަރަށް ބަލިވާންފަށައިފި: ޑރ. ފައިސަލް

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހަރުގެ ކޮވިޑް-19 ގެ ރާޅުގައި ކުޑަކުދިން ވަރަށް ބޮޑަށް ބަލިވަމުން އަންނަ ކަމަށް، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވީ ކޮވިޑް ޖެހިގެން 10 އަހަރުގެ ކުއްޖަކު މަރުވުމާ ގުޅިގެންނެވެ. މަރުވެފައިވަނީ އައިޖީއެމްއެޗް އެމަޖެންސީ ރޫމްގައި ފަރުވާދެމުންދިޔަ 10 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ މަރުވެފައިވަނީ ރޭ 12:10 ހާއިރުއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި އެންމެ ހަގު މީހާއެވެ.

ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފަހަރުގެ ކޮވިޑު ރާޅުގައި ކުޑަކުދިން ވެސް ވަރަށް ބަލިވާން ފަށާފައިވާ ކަމަށެވެ.

އެގޮތުން ޚާއްޞަކޮށް؛ ދިފާޢީ ނިޒާމް ދަށް ކުދިންނާއި (ސުޓެރައިޑް ފަދަ ބޭހުން ވިޔަސް ނުވަތަ ކެންސަރު ނޫނީ އުފެދުމުގައި ހުންނަ ކަމަކުން ވިޔަސް) ކިޑްނީ ބަލި، ބަރުދަން މާމަތި އަދި އެދުމަތިވެފައި ތިބޭ ކުދިން ބަލިވަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި މަރާއެކު ކޮވިޑު ޖެހިގެން މިދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިހެން ބުނުމާއި އެކު ދެން ކުޑަކުދިން ހޮސްޕިޓަލު ފުރޭނެ ސައިކޮލަޖިކަލް ކެމްޕެއިނެއްތަ ތިޔަހިންގަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: