ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނާ މަރުވި އެކްސިޑެންޓްގައި ފިލި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފޮޓޯ- ސަންގު ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި ޒުވާނާ އާއެކު ސައިކަލުގައި އިންމީހާ މަޑުނުކޮށް ފިލުމާ ގުޅިގެން ހައްޔަރުކޮށްފައިވާއިރު މި މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވުން ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. އެކްސިޑެންޓުގައި މަރުވީ އޭނާގެ ރައްޓެއްސެއް ކަމަށާއި އެހެން ނަމަވެސް ފިލާފައި ނުވާނެ ކަމަށް ކޯޓުގައި އޭނާ ބުނެފައިވެ އެވެ. އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ފިލާފާނެކަމަށްޓަަކަ އެވެ. ކޯޓުން ވަނީ އެމީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.

މި އެކްސިޑެންޓްގައި މަޑުނުކޮށް ފިލާފައިވަނީ 26 އަހަރުގެ ދިވެހި ފިރެހެނެކެވެ.

މި އެކްސިޑެންޓްގައި ނިޔާވި ޒުވާނާ މަރުވެފައި ވަނީ ގ. ހުވަފެނީ ގޯޅީގައި ބަހައްޓާފައިހުރި ގާޑިޔަލެއްގެ މުއްގަނޑު އޭނާގެ ކަރަށް ހެރިގެންނެވެ.

އެ އެކްސިޑެންޓުގައި މަރުވީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އެކްސިޑެންޓު ހިނގާފައިވަނީ އެރޭ 10:00 ހާއިރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: