ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި އިތުރު ތިން މަރު، ޖުމްލަ 182 އަށް

އައިޖީއެމްއެޗްގެ މެޑިކަލް ފެސިލިޓީ/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު ބަޔަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ 182 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 64 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ އަންހެނެއްގެ އިތުރުން 68 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގައި 28 އަހަރުގެ ދިވެހި އަންހެނަކު ވެސް ރޭ ވަނީ މަރުވެފައެވެ. އެ އަންހެން މީހާ އަކީ ގއ.ދާންދޫއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް މާލެ ފޮނުވާލި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދެމުން ދަނިކޮށެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: