ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސޭވް އައްޑޫ” އަކީ އިދިކޮޅު ފަރާތްތަކުގެ ކެމްޕޭން ސްލޯގަނެއް: ނިހާދު

ޝެއާރކޮށްލާ ކަހަލަދޯ؟

“ސޭވް އައްޑޫ” އަކީ އިދިކޮޅު ފަރާތްތަކުގެ ކެމްޕޭން ސްލޯގަނެއް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ބައެއް ފަރާތްތަކުން “ސޭވް އައްޑޫ” ގެ ނަމުގައި ޙަރަކާތެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “ސޭވް އައްޑޫ” އަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ކެމްޕޭން ސްލޯގަނެއް ކަމަށާއި އަދި ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް އެފަދަ އަޑުތައް ގަދަވާނެ ކަމަށެވެ. މީގެ އިތުރުން ނިހާދު ވަނީ އެ ހަރަކާތް ހިންގުމަށް ފައިސާ ހޯދާ ގޮތާ ގުޅޭ ގޮތުންވެސް ސުވާލު އުފައްދަވާފައެވެ.

“ކިތައް މިލިއަން ދީގެންބާ މި ފިތުނައެއް މި ހިންގަނީ؟ ބޭނުންކުރަނީ އޭރު ވަގަށް ވެއްދި ފައިސާތޯ؟ ނުވަތަ އެޤައުމުގެ ފައިސާބާ؟” ނިހާދު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި އެ ގައުުމުގެ ކެބިނެޓްގެ ބައްދަލުވުމެއްގައި ވަނީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ރާއްޖޭގެ އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރަން ނިންމާފަ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމްކުރަން ކުރާ މަަސައްކަތަކީ ރާއްޖޭގައި އިތުރަށް އިންޑިއާގެ ނުފޫޒު ފެތުރުން ކަމަށް އެތައް ބަޔަކު ދެކެއެވެ. ނަމަވެސް މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ ހުރިހާ މެންބަރުންވެސް ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް ތާއީދު ކުރައްވާފައެވެ. އަދި އެކަން އަވަސް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: