ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ: 14 މީހެއް ފުލުހުންގެ ހަައްޔަރަށް!

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބޭނުން ކުރި ސައިކަލު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާދުކޮށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ފުލުހުންގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސުޕްރިޑެންޓެޑް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދެވޭ ތަހްގީގުގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 150 އަށް ވުރެ ގިނަ ފަރާތަކުން ތަހުގީގަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 25 ތަނެއް ބަލާ ފާސްކުރިކަމަށް ވިދާޅުވިއެވެ.

މި ހަމަލާއާއި ގުޅިގެން އެލާޓް ލެވެލް މަތިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ދަށުން ފުލުހުން ވަނީ 14 މީހަކު ހައްޔަރުކޮށްފަ އެވެ.

މައްސަލައިގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށް ޝިފާއު ވިދާޅުވީ، ފޮރެންސިކް ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: