ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި ހާލުދެރަވެ އެޑްމިޓްކޮށްގެން ފަރުވާދިން ގިނަ މީހުން ވެކްސިން ނުޖަހާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލި ބޮޑުވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދިން މީހުންގެ ތެރެއިން 83 އިންސައްތަ މީހުން ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވާހަކަދައްކަވަމުން ވިދާޅުވީ، އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ ނުވަތަ އެއްވެސް ޑޯޒެއް ނުޖަހާ މީހުންކަމަށެވެ.

މެއި މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ބަލީގައި ބޮޑުވަރުވެ ގިނަ ބަޔަކަށް ފަރުވާ ދީފައިވެއެވެ. އެގޮތުން މެއި މަހު އެކަނިވެސް 725 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރެއިން 718 މީހަކު ބަލިން ރަނގަޅުވެ ދޫކޮށްލާފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިގެން 166 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މީގެތެރެއިން 89 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 186 މީހަކުވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: