ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަނީފްގެ ރައްދު: މެމްބަރުކަމަށް އައީ އެއްވެސް މީހެއްގެ ފޮޓޯ ދައްކައިގެންނެއް ނޫން!

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަތު އަބްދުﷲ ސަނީފްގެ ކެމްޕެއިނުގައި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ހޮވުނީ، އެއްވެސް މީހަކާއި އެކީ އިން ފޮޓޯއެއް ދައްކައިގެން ނޫންކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ސަނީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލުމުން އެކަން ވަނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހޫނު ވެފަ އެވެ.

ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޓީން ބަލަން ފެންނަކަމަށް އެންމެ ފުރަތަމަ ހުށަހެޅީ އެމްޑީޕީގެ މެމްބަރެކެވެ. އެހެން ނަމަވެސް އޭގެ ފަހަތުން އެ މައްސަލަ ބެލޭނެ ތަނެއް ނެތްކަމަށް ބުނެ ދަނގެތީ ދާއިރާގެ ޖޭޕީ މެމްބަރު ކާނަލް މުހައްމަދު ނަޒިމް ހުށަހެޅުމުން ކޮމިޓީން އެ ފާސް ކުރީ އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާއި އެކު އެވެ.

އެއީ، ގަމުދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އިތުރުން ސަނީފެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށް މައްސަލަ ކޮމިޓީން ބޭރުކުރުމުގައި އިސްކޮށް ހުންނެވީ އެމަނިކުފާނުގެ ޅިއަނު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ކަމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ތުހުމަތު ކުރައްވަ އެވެ. އަދި އެކަމާއި ގުޅިގެން ބިގޭ އަށާއި، އަދި ރައީސް ނަޝީދާއި ދެކޮޅަށް ވޯޓު ދެއްވި ހަތަރު މެމްބަރުންނަށް އެމްޑީޕީގެ ޕީޖީ އާއި، އާއްމު މެމްބަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އީވާ ވަނީ ގައުމީ މަޖިލީސް ގްރޫޕުގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. މެމްބަރުންނަށް ބިގޭ ގުޅުއްވައި މަސައްކަތްތައް “ފަނިކުރަން” ނޫޅުނަސް “ބިގޭގެ ސަރުކާރު” ދެމި އޮންނާނެކަމަށް އީވާ ވިދާޅުވިއެވެ.

ޒަމީލްގެ މައްސަލަ ކޮމިޓީން ބޭރު ކުރީ، ބިގޭ އަމިއްލައިން މެމްބަރުންނަށް ގުޅައި ރައީސް ސޯލިހު އެގޮތަށް އަމަލު ކުރުމަށް ދެންނެވިކަމަށް ވިދާޅުވެގެންކަމަށް ވެއެވެ. އަދި މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ބިގޭ މެމްބަރުންނަށް ގުޅުއްވައި ރައީސް ވަކި ގޮތަކަށް އަންގަވާފައިވާކަމަށް ވިދާޅުވާ ސްކްރީންޝޮޓުތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ އާއްމުވަމުންނެވެ.

ފާޑުކިއުންތައް އަމާޒުވެ، އެމްޑީޕީގެ ޕީޖީގެ މެމްބަރުން ވަނީ މައްސަލަ ބޭރުކުރަން ވޯޓު ދެއްވި މެމްބަރުން މަޖިލީހަށް ހޮވުނީ ރައީސް ނަޝީދާއި އެކު ފޮޓޯ ނަގައި އެ “ވިއްކައިގެން” ކަމަށް ވިދާޅުވެފަ އެވެ. އަދި އެބޭފުޅުން މަޖިލީހަށް ހޮވުނީ ރައީސް ނަޝީދު، ދާއިރާތަކަށް ވަޑައިގެން ކުރެއްވި މަސައްކަތްތަކުގެ ސަބަބުންކަމަށް މެމްބަރުން ވިދާޅުވިއެވެ. އެކަމުގެ ވާހަކަތައް އެމްޑީޕީގެ ޕީޖީ ގްރޫޕާއި، އަދި ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ދެކެވުނެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަތު އަބްދުﷲ ސަނީފްގެ ކެމްޕެއިނުގައި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސޯޝަލް މީޑީއާ

 

މި ވާހަކަތަކަށް ރައްދު ދެއްވައި ސަނީފް ފޮނުވި މެސެޖެއްގައި ވިދާޅުވީ ތިނަދޫގެ ދެ މެމްބަރުން ވެސް މަޖިލީހަށް ހޮވުނީ އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައިގެން ކަމަށެވެ. އެހެން ނަމަވެސް، އެއީ އެއްވެސް މީހެއްގެ ފޮޓޮއެއް ދައްކައިގެން ނޫންކަމަށް އޭނާ ވިދާޅުވި އެވެ. ސަނީފް ވިދާޅުވީ ފޮޓޯއެއް ދައްކައިގެން ހޮވޭނަމަ މަޖިލީހަށް ހޮވޭނީ އެހެން ބައެއް ކަމަށެވެ.

“ތިނަދޫ ދެ މެމްބަރުން ހޮވުނީ އެމްޑީޕީން ކުރިމަތިލައިގެން.. އެކަމަކު އެއްވެސް މީހެއްގެ ފޮޓޯ ދައްކައިގެންނެއް ނޫން. ފޮޓޯ ދައްކައިގެން ހޮވޭނަމަ ހޮވޭނީ އެހެން ބައެއް… މިއީ ލައްކަ ވާހަކަ” ސަނީފްގެ މެސެޖުގައި ވެއެވެ.

 

ފާޑުކިއުންތަކަށް ރައްދު ދެއްވައި ސަނީފް ފޮނުވި މެސެޖުގެ ސްކްރީންޝޮޓެއް

މި މައްސަލައިގައި ދެން ފާޑުކިއުން އަމާޒުވާ އިތުރު މެމްބަރަކު އަދި އެއަށް ރައްދު ދެއްވާފައި ނުވެއެވެ. އަދި މައްސަލަ ބޭރު ކުރަން ވޯޓު ދިން ސަބަބެއް ވެސް ސާފެއް ނޫނެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހްމަތުކޮށް، ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވީ، މަޖިލީހުގެ 241 ކޮމިޓީއަށް ވަކި ވަކި ސިފައިންގެ ބަދަލުގައި ޖަވާބުދާރީ މުއައްސަސާގެ ފަރާތުންކަމަށް ބަޔާންކޮށް އާއްމު ކުރި ބަޔާނުގައި ސޮއިކުރައްވާފައިވަނީ އޭނާކަމަށް ވާތީ އެވެ.

އެ ބަޔަނާއި އެކު މެމްބަރުން ވަނީ، މިއީ ކޮމިޓީގެ މަސައްކަތްތަކަށް ހުރަސްއެޅުންކަން ފާހަގަކޮށް ބަޔާނެއް އާއްމުކޮށްފަ އެވެ. އަދި އެފަދަ ގޮތަކަށް ބަޔާނެއް އާއްމު ކުރުމަކީ ގާނޫނާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ރައްޔިތުންގެ މަޖިލީހުން ބުންޏެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 0%ވަރަށް ދެރަ 47%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ކަލެޔަށްދެން މަޖިލީހުގެވަސްފެންނަ ހިސާބަވެސް ނަދެވޭނެ

  2. ޥަިކުދައިގަަ ފެބިި ބއަިގަދުު ހޮވަންް އަންނިދުވީީ މޮޔަކަމުން

  3. ސަނީފް މީތަގެސް ފަހުކަލާ ކަމަން ބަލަންނެއިތި.މުޅި ތެނަދުއާ މުޓުލައިގެން މިދައުރާނިންމަިލަ.އަހަންނަގެ ކެތެކެ ވޯޓެދީގެން ތަޕްރައިމަރީ އެކެވޯޓުން މުޅެވޫ ދެންކަލަކު ތިކަމާ ތެހެލާަނަން އަގުވަންނާ މީވަރަން ވާހަކަ.

  4. ތިހާ ގެރެންޓ އިރު ކީއްވެތޯ އަމިއްލަ ގޮތުން ނުނުކުތީ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: