ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގައި އާންމުންނަށް އުނދަގޫވާ ގޮތަށް އުޅެ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކަމާބެހޭ މާހިރުންގެ ލަފަޔާ އެކީ ހެދިފައިވާ ގާނޫނާއި ގަވައިދުތަކުގެ އިމުގެ ތެރެއިން، މާލެ ތެރޭގެ މަގުތަކައި އާންމު ތަންތަނުގައި އާންމުނަށް އުނދަގޫ ވާގޮތަށް އުޅޭ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.

”މިދިޔަ ކައުންސިލުން ވެސް މަސައްކަތްތަކެއް ކޮށްފަ ހުރުމާ އެކީގަ، އެ މަސައްކަތްތަކުގެ ވެސް އަލީގަ، އެޗްޑީސީއާ ވެސް މަޝްވަރާކޮށްގެން އަޅުގަނޑުމެން ބަލާނަން އެކަމަށް ހާއްސަ ފެސިލިޓީއެއް ގާއިމްކޮށް އަދި ބުޅަލުގެ އިންޓްރެސްޓުގައި އުޅޭ ހުރިހާ ފަރާތްތަކުގެ ވެސް ލަފަޔާ އެއްކޮށް ހަމަ އެންމެ ޕްރޮފެޝަނަލްކޮށް އެކަމަށް ހައްލެއް ގެނެސްދިނުމަށް،” މުއިއްޒު ވިދާޅުވިއެވެ.

ގޮތެއް އުސޫލެއް ނެތި މާލޭގައި ބުޅާ ވަރަށް ގިނަވެފައި ވެއެވެ. އެހެންވެ މާލޭގެ މަގުމަތީގައި ބުޅަލުގެ ނަޖިސް ވެސް ގިނަވެފައި ވެއެވެ. މިއީ ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ގޯޅިގޯޅި އާއި މަގުމަތީން، ޕާކުތަކާއި ހުސްތަންތަނުން ބުޅަލުގެ ނަޖިސް ސާފުކުރާނެ ބައެއް ނޫޅެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: