ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާން ދަންޖައްސަން ޖެހޭ ކަމަށް ބުނި މައްސަލަ ސުލޫކީ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން “ދަން ޖައްސަން” ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލެއްވި ކަމަށް ބުނާ މައްސަލަ ބަލަން މަޖިލީހުގެ ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފިއެވެ.

އެ ކޮމިޓީ ބައްދަލުވުން މިއަދު މެންދުރު 02:00 ގައި ބޭއްވުމަށް ނިންމާފައިވާއިރު، ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ހިސާނަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ބުނި މައްސަލަ ދިރާސާ ކުރުމުވެއެވެ.

އިއްޔެގެ މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ދަން ޖައްސަން ގޮވާލި މައްސަލައިގައި ހިސާންގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށާއި ޑިފެންސް މިނިސްޓްރީ އާއި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު ސިޔާމް ވަރަށް ހުތުރުކޮށް ވާހަކަ ދެއްކެވިކަމަށް ހިސާން ތުހުމަތު ކުރައްވަ އެވެ. އަދި ހަމަ އެ ދުވަހުގެ އެހެން ވަގުތެއްގައި “ހިސާނަކީ ދަންޖައްސަން ޖެހޭ މީހެއް” ކަމަށާއި “މަރާލިޔަސް ފާފަވެރި ނުވާނެ” ކަމަށް ސިޔާމް ވިދާޅުވި ކަމަށް ވެސް ހިސާން ތުހުމަތު ކުރައްވަ އެވެ.

އެއާ ގުޅޭ އޯޑިއޯއެއް ވެސް އާންމުވެފައި ވެއެވެ. ނަމަވެސް ސިޔާމް އެ ވާހަކަތައް ދޮގު ކުރައްވަ އެވެ. އަދި ވިދާޅުވަނީ “ދަން ޖެއްސުން” ކަމަށް ވިދާޅުވީ އެހެން ނިޔަތެއްގައި ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: