ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމީލްގެ ވޯޓު ލީކުވުމުން، އިމްތިޔާޒް ކޮމިޓީން ނިންމީ ސިއްރު ބައްދަލުވުންތައް އޮންލައިންކޮށް ނުގެންދަން!

މަޖިލީހުގެ އިމްތިޔާޒް ކޮެމެޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުނުކުރުމަށް ދިފާއީ ބާރުން ނިންމި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއިން ނެގި ވޯޓުގެ ސިއްރު ހިފެހެއްޓިފައިނުވާތީ ކުރިއަށް އޮތް ތަނުގައި ސަިއްރު ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދިޔުމަށް ނިންމައިފި އެވެ.

އިމްތިޔާޒް މުގައްރިރު، ޔާސިރު އަބްދުލްލަތީފް ސޮއި ކުރައްވާ އާންމުކުރި ބަޔާނުގައި ބުނީ ވޯޓުގެ ސިއްރު ނުހިފެހެއްޓި ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް އާންމުވި މައްސަލާގައި ގިނަ ބައެއްގެ ފުރައްސާރައާއި ފިއްތުންތައް ބައެއް މެމްބަރުންނަށް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި އޮންލައިންކޮށް ބޭއްވޭ ބައްދަލުވުންތައް ސިއްރުކުރާ ހިސާބުން ކޮމެޓީގެ ބައްދަލުވުން މެދުކަނޑާލުމަށާއި އެއަށްފަހު މަޖިލީހުގެ އިދާރާގައި އެބައްދަލުވުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސައ ދޭމް އެދޭނެކަމަށް ކޮމެޓީގެ މުގައްރިއު ވަނީ ހާމަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ބޮމުގެ ހަމަލާއާއި ގުޅޭ ގޮތުން ކުރިއަށްގެންދާ އިންކުއަރީއަށް ވަކި ވަކި ސިފައިން ފޮނުވުމަށް ދިފާއީ ބާރުން ދެކޮޅު ހެދުމުން އެމައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ހުށައެޅުއްވީ އެމަނިކުފާނެވެ. އެހެންނަމަވެސް، އެމައްސަލަ ބެލުމަށް ނުފެންނަކަމަށް ހުށައަޅައި އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާއެކު މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

މައްސަލަ ބޭރުކޮށްލުމަށް ހުށައެޅުއްވީ ދަނގެތީ ދާއިރާގެ ޖޭޕީ މެމްބަރު މުހައްމަދު ނާޒިމެވެ. އެހެންނަމަވެސް، އެމްޑީޕީ ގިނަ މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި އެމައްސަލަ ބޭރުކޮށްލުމަށް ނާޒިމް އަރިހުގައި ދެންނެވީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ. މައްސަލާގައި ބިގޭ އާއި ރައީސް ނަޝީދާއި ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ވަނީ އަމާޒުކުރެވިފަ އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މައްސަލަ ބޭރުކޮށްލުމަށް ވޯޓުދިން އެމްޑީޕީ މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ނަމާއި ފޮޓީ ބޭނުންކުރައްވައި ކެމްޕެއިން ކުރެއްވުމަށްފަހު މަޖިލީހުގެ ގޮނޑި ލިބުމުން ރައީސް ނަޝީދުގެ ކަރަށް ފައިން އަރުއްވަނީ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ވަކި ވަކި ސިފައިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރެއްވޭނެކަމަށް ބުނެ ވާހަކަދައްކަވާ މެމްބަރުން ގާނޫނީ ހުއްޖަތެއްގެ ގޮތުގައި ދައްކަވަނީ ގާނޫނޫ އަސާސީގެ 99 ވަނަ މާއްދާއެވެ. 99 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެލިޔުމެއް ހުށަހެޅުމަށް އެންގޭނެއެވެ. މި މާއްދާގައި ބަޔާންވެގެންވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަށްމެ އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެކަމަށްވެސް 99 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ދިފާއީ ބާރުން ވަކި ވަކި ސިފައިން ނުފޮނުވުމަށް ހުއްޖަތެއްގެ ގޮތުގައި ދައްކަނީ 242 ވަނަ މާއްދާއެވެ. ގާނޫނު އަސާސީގެ 242 ވަނަ ޟާއްދާގައި ބަޔާންކޮށްފައިވާގޮތުން ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެކަމަށް އެމާއްދާގައި ވަނީ ބަޔާންކޮށްފައެވެ،

މީގެ އިތުރުން ޑިފެންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ބަޔާނުގައިި ބުނެފައިވަނީ ވަކި ވަކި ސިފައިން ހާޒިރުކޮށް ސުވާލުތަކަށް ޖަވާބުދާރީ ކުރުވުމަކީ އެމުއައްސަސާއިން ކުރާނެކަމެއް ނޫންކަމަށެވެ އެގޮތުން ވަކި ވަކި ސިފައިން ހާޒިރުކުރުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ ޗެއިން އޮފް ކޮމާންޑް އަދި ކޮމާންޑް އޮފް ކޮންޓްރޯލްއާއި ޒަމާނުއްސުރެ ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެއްކަން ވަނީ ހާމަކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާގައި އެމްއެންޑީއެފްގެ އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ބޮޑެތި އިހުމާލުތަކެއްވާކަމަށް އެމްޑީޕީގެ މެމްބަރުންނާއި ރައީސް ނަޝީދުގެ އާއިލާ ބޭފުޅުންވެސް ތުހުމަތުކުރެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒު ކުރަނީ މައްސަލައިގެ ތަހުގީގު ލަސް ކުރުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: