ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނަކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުން ދިރިއުޅުނު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން، އެމައްސަލައިގަ ހައްޔަރުކުރި މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. އާދިއްތަ ދުވަހު ވަނީ އެމީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފައިއެވެ. އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ހިޔާގައި ދިިރިއުޅޭ އެކުއްޖާ ފެނިފައިވަނީ ހައްޔަރު ކުރި މީހާ ދިރިއުޅޭ ކޮޓަރިންނެވެ. އެމީހާ ވަނީ އެކުއްޖާ އަށް ޖިންސީ ގޯނާކޮށް ގުރޫމްކުރުމަށް މަސައްކަތް ކޮށްފައިއެވެ.

މީގެއިތުރުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ވަނީ ހައްޔަރުކޮށްފައިވާ މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރެކޯޑް އެމީހާގެ އޮންނަ ކަމަށް ބުނެފައެވެ. ހައްޔަރުކުރި މީހާ ވަނީ އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ކުއްޖާއާމެދު ގޯސް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އެގޮތުން އޭނާ ކުށަށް އިންކާރުކޮށްފައި ވީނަމަވެސް ކްރިމިނަލް ކޯޓުން އެމީހާގެ ބަންދަށް އިއްޔެެ 10 ދުވަސް ޖެހީ، އޭނާ ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒުފޯރުވުމާއި މުޖުތަމައުއަށް ނުރައްކާ ވުމުގެ ފުރުސަތު އޮތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: