ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް ކޮވިޑް ފެސިލިޓީ އަކަށް ހަދާ ހުޅުމާލެ ފެސިލިޓީގެ ހާލަތު ރައީސް ބައްލަވައިލައްވައިފި

ހުޅުމާލެ ޑިސްޓްރިބިއުޝަން ސެންޓަރު ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަން ކުރާ މަސައްކަތް ރައީސް ސޯލިހު ބައްލަވާލައްވަނީ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ފަރުވާ ދިނުމަށްޓަކައި ފެސިލިޓީ އަކަށް އަލަށް ބަދަލުކުރައި ހުޅުމާލޭގައި ހުންނަ ޑްސިޓްރިބިއުޝަން ސެންޓަރު ބަލައިލުމަށް އެތަނަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޒިޔާރަތް ކުރައްވައިފި އެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ސެންޓަރުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް 19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދޭ ފެސިލިޓީ އަކަށް ބަދަލުކުރަން ހަމަޖެހިފައިވާ ހުޅުމާލެ ޑިސްޓްރިބިއުޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި ރައީސް ޞާލިހް ވަނީ އެތަނުގެ ހާލަތު ބައްލަވައިލައްވާފައި ކަމަށެވެ.

ހުޅުމާލޭގައި ކޮވިޑަށް ފަރުވާ ދިނުމަށް މިހާރު ގާއިމުކޮށްފައި ހުރި ފެސިލިޓީގައި ދޭ ހިދުމަތުގެ ފެންވަރު ދަށް ކަމުން ގިނަ ބަޔަކު ވަނީ ޝަކުވާ ވެސް ކޮށްފައެވެ. ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ދެވަނަ ރާޅާއި އެކު ކޮވިޑަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައި ހުރި ފެސިލިޓީތައް ވެސް ދަނީ ފުރެމުންނެވެ.

އެ ފެސިލިޓީއަށް ރައީސް ޒިޔާރަތް ކުރެއްވި އިރު، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ ފެސިލިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރުމަށް، ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް އެންމެ ފުރަތަމަ ގާއިމް ކުރީ މިދިޔަ އަހަރު އެވެ. އެއީ ޓްރީޓޮޕް ހުސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް ހުންނަ ފެސިލިޓީއެކެވެ. އެއީ 280 މީހުންގެ ޖާގައިގެ ތަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: