ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 372 މީހުން

އައްޑޫގައި ކޮވިޑުގެ ކޭސްތައް ދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުން/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 372 އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކޮންމެ ދުވަހަކު ހިއްސާ ކުރާ ކޮވިޑް 19 ގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް 372 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އެއީ، މާލެ ސަރަހައްދުން 125 މީހުންނާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 215 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 30 މީހުންނާއި ސަފާރީތަކުން އެކަކު އަދި ސިނާއީ ރަށްރަށުން އެކަކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 992 މީހެކެވެ.

އަދި މީގެއިތުރުން، ބަލިން މިހާތަނަށް ޖުމްލަ 61،761 މީހުން ފަސޭހަވެފައިވާއިރު މިވަގުތު ރާއްޖޭގައި ކޮވިޑަށ ްފަރުވާދެމުން އަންނަނީ 8،703 މީހަކަށެވެ.

ކޮވިޑް 19 ޖެހިގެން ރާއްޖެއިން ވަނީ 198 މީހުން ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: