ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮސްޓާގެ ފާޑުކިޔުން ބިލަށް: ލާދީނީއޭ ކިޔުން ހުއްޓުވާއިރު، ދީނަށް ފުރައްސާރަކުރާ މީހުންނާއި މެދު ކަމެއް ނުކުރެވޭ!

ނޮޅިވަަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު(މޮސްޓާ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި “ލާދީނީ” މިބަސް ބޭނުންކުރަން މަނާކުރަން މަސައްކަތްކުރާއިރު އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއިމެދު ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ސުވާލުއުފައްދަވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ނަފުރަތު އުފެއްދުމުގެ ބިލަށް ފާޑުވިދާޅުވެއްޖެއެވެ.

ގާނޫނުލް އުގޫބާތަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ނަފްރަތު އުފެއްދުން މަނާކޮށް އާންމު ތަންތަނުގައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް ލާދީނީ ނުވަތަ ކާފަރެއްކަމަށް ބުނެ ނުވަތަ އެފަދަ މާނައެއް ދޭހަވާ ބަސްތައް ބޭނުންކުރުން މަނާކުރުމަށް ވަނީ ހުށައަޅާފައެވެ. މިއިސްލާހުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު ނަޝީދު ވިދާޅުވީ އިސްލާމްދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަކީ މުޅި ދުނިޔޭގެ އެންމެން މަރައި ގަތުލުކުރުމަށްވުރެ ނުބައިކަމެއް ކަމަށެވެ. އެހެންނަމަވެސް މިގައުމުގައި އެކަންކަން ނުހުއްޓުވޭ ކަމަށާއި ހަރުކަށި ފިކުރުގެ ނަމުގައި، ކުށެއް ނުކުރާ މީހުން ހައްޔަރުކުރުމަށްވެސް އެމީހުންނަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނެ އެމީހުންގެ ބޮލުގައިވެސް އެކި ތުހުމަތުތައް އަޅުވަމުންދާކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގައި ލާދީނީ ކިޔުން އާންމުވި ގޮތެއް ބަލާއިރު ދީނީ އިލްމުވެރިންނާއިމެދު ނަފްރަތު އުފައްދަން ފެށީ ކޮންބައެއްތޯ ބެލިފައި ނެތް ކަމަށެވެ. އަދި ދީނީ އިލްމުވެރިންގެ އަގު ވައްޓާލަން އެންމެ ފުރަތަމަ މަސައްކަތްކުރީ ކޮންބައެއްތޯވެސް ބަލަންޖެހޭކަމަށް ވިދާޅުވިއެވެ. މިވަގުތު މިބިލު ހުށައަޅައިގެން ހާސިލްކުރަން ބޭނުންވާ މަގްސަދަކީ ކޮބައިކަން ހާމަކުރުމަށްވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

“އިންޓެލިޖެންސް ރިޕޯޓޭ ކިޔާފައި އެމީހުން ބޭނުންވާ ބަޔަކު ނައްތާލުމަށް ހަރުކަށި ފިކުރުގެ ޓެގް އެޅުވުމަކީވެސް ވަރަށް ނުރައްކާތެރި ކަމެއް މިގައުމުގައި ކުރާ. ﷲއާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް ހުކުރު ހުތުބާއަށް “ހޮޓް ބާ” ކިޔައި ހެދީމައި، އިސްލާމްދީނަށް ލޯބިކުރާ މީހުން އެމީހުންނާއި ދިމާލަށް އެއްޗެއް ބުނީމަ އެއީ ހަރުކަށި ފިކުރުގެ ބަޔަކަށް އެމީހުން ނުހެދޭނެ” ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ

މީގެ އިތުރުން މެމްބަރު ނަޝީދު ވިދާޅުވީ، މިނިވަންކަމާއެކު ދީނީ ވާހަކަ ދައްކައި ދަރުސްދޭ ކޮންމެ މީހަކީ ނުރައްކާތެރި މީހެއްގެ ގޮތުގައި މިގައުމުގައި ލޭބަލް ކުރެވިގެން ނުވާނެކަމަށެވެ. އަދި އިސްލާމްދިނާއި، މާތް ﷲއާއި އެކަލާންގެ ނަބިއްޔާއަށް ފާޅުގައި ފާޑުކިޔޭނެ ތަނަކަށް މިގައުމުވެގެން ނުވާނެކަމަށްވެސް މެމްބަރު ނަޝީދު ވިދާޅުވިއެވެ. މިއީ ސައްތަސައްތައިން މުސްލިމް ގައުމެއް ކަމަށާއި ކޮންމެ އެއްޗެއް ބުނުމަށްފަހު، އެއީ މިނިވަންކަމުގެ ގޮތުގައި ބުނެވޭނަމަ، ލާދީނީ ފިކުރާއި އެއްވަރަށް ހަރުކަށި ފިކުރުވެސް މިރާއްޖޭގައި ފެތުރޭނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހަރުކަށި ފިކުރު މިގައުމުން ފުހެލަން ބޭނުންވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ މިގައުމުން ލާދީނީ ފިކުރު ނައްތާލުންކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަމައެކަނި އިސްލާމްދީނަށް ފުރައްސާރަކުރަންވީމަ މިނިވަންކަން އޮވެފައި، ދީނަށް ފުރައްސާރަކުރުމުން އެއީ ސިކުނޑި ހަމަނުޖެހޭ މީހެއްގެ ގޮތުގައި ލޭބަލް ކުރެވިފައި މިއޮންނަނީ. ކޮބާ ވެލެޒިނީއަށް އެޅުނު ފިޔަވަޅެއް. ރަސޫލެއްކަމަށް ދައުވާކުރީމަ އެމީހަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށްވާ ހިސާބުން އެކަން ބޮޑު ޖޯކަކަށްވެފައި މިހާރު މިއޮންނަނީ. ދީނަށް ފުރައްސާރަ ކުރީމަ މިގައުމުގައި ރީއްޗަށް އެބައުޅެވޭ. އެކަމަކު ރަނގަޅު އެއްޗެއް ބުނާއިރަށް އެމީހަކީ ސީރިޔާއަށް މީހުން ފޮނުވާމީހެއްގެ ޓެގު މިއަޅުވަނީ

މެމްބަރު ނަޝީދު ވިދާޅުވީ މިބިލަކީ ވަކި ބަޔަކަށް ފަހައިދޭ ކޯޓަކަށް ވެގެންނުވާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ލޭބަލް ކުރާ މީހުންނަށް ފިޔަވަޅު އަޅާނަމަ ލާދީނީ ނުވަތަ ދީނަށް ފުރައްސާރަ ކުރާ މީހުންނަށްވެސް ފިޔަވަޅު އަޅަންޖެހޭކަމަށް މެމްބަރު ނާޝިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: