ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ނަފްރަތުގެ ބިލަކީ ބޭރުގެ ބަޔަކާއި ގުޅިގެން ސެކިއުލަރ ދައުލަތެއް އުފައްދަން ކުރާ މަސައްކަތެއް”

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކީ ބޭރުގެ ބަޔަކާއި ގުޅިގެން ވަރަށް މަކަރުވެރިކަމާއިއެކުގައި ދިވެހި ރާއްޖޭގައި ސެކިއުލަރ ދައުލަތެއް އުފެއްދުމަށް ކުރަމުން ގެންދާ މަސައްކަތްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔާމުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމު ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނަފްރަތުގެ ބިލް ދިރާސާ ކުރުމަށް ފަހު ޖުޑީޝަރީ ކޮމެޓީ އިން ބިލަށް ބަދަލުތަކެއް ގެނައުމަށް ފަހު ބިލްގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ. މެމްބަރުން ވަނީ މިއަދު އެބިލަށް ބަހުސް ވެސް ކުރައްވައިފައެވެ. އެގޮތުން އެބިލާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު މަޖިލީހުގެ ޖަލްސާ ނިންމެވުމަށްފަހު، ޕީޕީއެމް އަދި ޕީއެންސީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވަނީ ނަފްރަތުގެ ބިލަކީ ސަރުކާރުން ސެކިއުލަރ ދައުލަތެެއް އުފައްދަން ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއަދުގެ ޖަލްސާއިން، އެފަދަ ދީނާއި ގުޅޭ ބިލްތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ވަރަށް ބޮޑަށް ފޮރުވަން މަސައްކަތް ކުރާކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އެބިލު ފާސްކުރަން ރައްޔިތުންނަށް ވަރަށް ބޮޑެތި ކަންކަން އޮޅުވާލަން މަސައްކަތް ކުރާކަންވެސް އެނގިގެން ދިޔަ ކަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވައިފައެވެ.

ޕްރޮގްރެސިވް ކޯލިޝަނާއި ރައީސް ޔާމީންގެ ވިސްނުމުގައި މި ރާއްޖޭގައި މާތްވެގެންވާ އިސްލާމު ދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދިނުން ނެތް ކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ރާއްޖޭގައި ސެކިއުލަރ ދައުލަތެއް އުފައްދަން ކުރައްވަމުން ގެންދަވާ ހުރިހާ މަސައްކަތެއް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެފަރާތުން ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަދާލަތު ޕާޓީ ކޯލިޝަނަށް ލައިގެން މިހިންގި ސަރުކާރުތައް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނުގެ އެއްވެސް މާއްދާއަކަށް ވިސްނުމެއްނެތި ކުރިކަންތަކުގެ ނަތީޖާ ފެންނަމުންދަނީ. އަދާލަތު ޕާޓީ މިހިނދުން ސަރުކާރުން ވަކިކުރަންޖެހޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: