ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވަތްކުރާ ބަޔަކު ފޮނުވާ ސިޓީއެއް ބަލާނަމޭ ބުނުން ޒިންމާދާރުކަން ކުޑަ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނުގެ ކާޑު ކުޅެގެން ބަޣާވާތްކުރާ ބަޔަކު ފޮނުވާ ސިޓީއެއް ބަލާނަމޭ ބުނުމަކީ ފުލުހުންކުރި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ދީނުގެ އަސާސްތަކާއި ޚިލާފް ކަންކަން ފަތުރާކަމުގެ ތުހުމަތުކޮށް ދީނީ އިލްމުވެރިންގެ ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ “ރައްޔިތުން އިއްތިހާދުު” ހަރަކާތުން ވަނީ ފުލުހުންނަށް ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް ބަލައިދިނުމަށް އެދި ހުށައަޅާފައެވެ. ހުށައެޅި ސިޓީގައި ވަނީ ކްރިސްމަސް ފާހަގަކުރުން ހާމަވާ ފަދަ ގޮތަކަށް ހުރި ފޮޓޮއެއް ރައީސް ނަޝީދު ދައުރުކޮށްފައިވާ ފާހަގަކޮށް، އެމައްސަލަ ބަލައިދިނުމަށް އެދިފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވަނީ ސިޓީ މުއައްސަސާއަށް ލިބިފައިވާކަމަށް ބުނެފައެވެ. އަދި ސިޓީގައިވާ ކަންކަން ބަލަމުންދާނެކަމަށް ވަނީ ބުނެފައެވެ.

އެއާއެކު އެމްޑީޕީގެ ގިނަ މެމްބަރުންތައކެް ވަނީ ރައީސް ނަޝީދުގެ ދިފާއުގައި ނުކުންނަވާފައެވެ. ރައީސް ނަޝީދުގެ ދިފާއުގައި އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ ވިދާޅުވީ މިސިޓީއަކީ ދީނުގެކާޑުގެ ކުޅެގެން ބަޣާވާތްކޮށް، ދީނުގެނަމުގައި ހަޑިހުތުރު ސިޔާސީ މަސައްކަތް ހިންގުމުގެ ރެކޯޑްއޮތް ބަޔަކު ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. އަދި ބުހުތާނު ދޮގު ތުހުމަތެއްގެ ސިޓީއެއް ލުމުން “އެކަން އެބަބަލަމޭ” ނުވަތަ އެއީ “ތެދު ވާހަކައެކޭ” ދޭހަވާފަދަ ގޮތަކަށް ފުލުހުން އެއަށް ޖަބާބުދިނުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން ވައްޑެ ވިދާޅުވީ ބޮމެއް ގޮއްވާލައިގެންވެސް ރައީސް ނަޝީދުގެ ފުރާނައަށް ގޮތެއް ނުހެދުމުން އަދިވެސް އެހެން ގޮތްގޮތުންވެސް ރައީސް ނަޝީދުގެ ދުވަސް ދުއްވާލެވޭތޯ ތެޅިފޮޅެނީ ކަމަށެވެ. އަދި މިފަދަ ސިޓީތަކާއެކު ރައީސް ނަޝީދާއި މެދު ނަފްރަތު އުފައްދައި، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހިތްވަރުދިން މީހުން ތިލަވަމުންދާކަމަށް ވައްޑެ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިފަދަ މައްސަލައެއް ބަލައިދިނުމަށް އެދި މީގެކުރިންވެސް ވަނީ ހުށައަޅާފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ނަޝީދު ކްރިސްމަސް ފާހަގަކުރައްވާކަން ހާމަވާ ފަދަ ގޮތަކަށް ހުރި ފޮޓޮއެއް ސޯޝަލް މީޑިޔާގައި ދައުރުކުރަމުންދާއިރު ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ބައެއް އިސް އެހެން ބޭފުޅުންގެ ފޮޓޯތަކެއް މިފަދައިން ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުކުރަމުންނެވެ.

ރައީސް ނަޝީދާއިމެދު ނަފްރަތު އުފެއްދުމަށްޓަކައި ދީނީ އިލްމުވެރިންތަކެއް މަސައްކަތްތަކެއް ކުރަމުންދާކަމުގެ ތުހުމަތު ކުރެވޭއިރު ރައީސް ނަޝީދަށް އަމާޒުކޮށް އެންމެ ގިނައިން މިފަދަ ގޮތަކަށް ބޭނުންކުރާ ބަހަކީ “ލާދީނި” މިބަހެވެ. މިބަސް ބޭނުންކުރުމަކީ ނުވަތަ މުސްލިމަކާއި ދިމާލަށް ކާފަރެކޭ ބުނުނ މިވަގުތު ވަނީ ގާނޫނީގޮތުން މަނާކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: