ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްރަތު އުފެއްދުން ކުށަކަށް ހަދާ ބިލަށް ޔައުގޫބް އިސްލާހު ހުށަހެޅީ އަދާލަތުގެ ނުފޫޒުން: އިންތި

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށްޓަކައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުވާފައިވަނިކޮށް ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި އިސްލާހަކީ އަދާލަތު ޕާޓީގެ ނުފޫޒެއްކަމަށް ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ގާނޫނުލްއުޤޫބާތަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސަރުކާރުން ހުށަހަޅައި، ހިސާން ސްޕޮންސާރ ކުރައްވާފައިވާ އިސްލާހަކީ ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ނަފްރަތު އުފެދޭ ވާހަކަތައް ހުއްޓުމުގެ މަގްސަދުގައި ހުށަހަޅާ އިސްލާހެކެވެ. އޭގެ ކުރިން ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބިލެއް ޑްރާފްޓު ކުރި އެވެ. އަދި މަޖިލީހުގައި އެކަމަށް ބަހުސް ކުރިއިރު، ގިނަ މެމްބަރުން ވަނީ މީހުންނާއި މެދު ނަފްރަތު އުފައްދައި “ލާދީނީ” ޓެގު އެޅުވުން އާއްމުކަމަކަށް ހަދާފައިވާ ކަމަށެވެ.

މި ބިލުގައި ވަނީ، މީހުންނާއި މެދު ނަފްރަތުގެ ބަސްތައް ބޭނުން ކުރުން ހުއްޓުވުމަކަށް ގެނައުމަށެވެ. އިސްލާހުގައި، އާންމު ތަނެއްގައި ވަކި މީހަކީ އެއީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނެ ވާހަކަ ދެއްކުމާއި، އޭނާގެ އިސްލާމީ އަގީދާއާ ގުޅުވައި ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމެއްގެ ގިތުގައި ހުރި މީހަކު، ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ކުށެކެެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން ރިޕޯޓު އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ތައްޔާރުވެފައިވަނިކޮށް، ބިލަށް އިތުރު އިސްލާހުތަކެއް ހުށަހެޅީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އެވެ. ބިލުގެ އަސްލު އޮޅި، މަޖިލީހުގެ އެމްޑީޕީގެ އެތައް މެމްބަރުންގެ ކަންބޮޑުވުން މަޖިލީހުގައި އެ ދުވަހު އިއްވި އެވެ. ކޮމިޓީއަށް އަލުން ބިލު ފޮނުވުމަށް ނިންމުމަާއި އެކު، ޔައުގޫން އޭނާ ހުށަހެޅި އިސްލާހުތައް އަލުން އަނބުރާ ގެންދެވި އެވެ.

ފުރިހަމަ މުސްލިމަކަށް އަމާޒުކޮށް އޭނާއަކީ ކާފަރެއްގެ ގޮތުގައި ލޭބަލްއެއް ނުކުރެވޭނެކަން ތަކުރާރުކޮށް ފާހަގަކޮށް “ސަންގުޓީވީ” ގެ ޚަބަރަށްގަހު އިންތި ވިދާޅުވީ، ބިލާއި މެދު އެމްޑީޕީގެ ބައެއް މެމްބަރުން ކަންތައް ކުރި ގޮތުން ލަދުގަނެ ވަރަށް ދެރަވި ކަމަށެވެ. ސަރުކާރުގެ ތެރެއިން ބިލަށް ކުރި ތާއީދު އަނބުރާ ގެންދިއުމާއި އެކު، އެމްޑީޕީގެ ބައެއް މެމްބަރުން ފަހުން މަސައްކަތް ކުރަމުން ދިޔައީ އެއާއި މުޅިން އިދިކޮޅަށްކަމަށް އިންތި ވިދާޅުވި އެވެ.

ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކޮށް، އިންތި ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއް ނެތް އަދާލަތު ޕާޓީގެ ނުފޫޒާއި އެކު އައި އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހުގެ ވާހަކަތައް މީޑިއާތަކުގައި ދެކެވެން ފެށުމުން، އެކަން ހިނގައިދިޔަ ގޮތް މެމްބަރާއި ސުވާލުކުރިކަމަށާއި އޭގެ ޖަވާބެއްގެ ގޮތުގައި އެއީ އިސްލާމިކް މިނިސްޓްރީން ދިން އިސްލާހެއްގެ ގޮތުގައި ވިދާޅުވި ކަމަށެވެ. އިންތި ވިދާޅުވީ އިސްލާހުތައް ހުށަހެޅިއިރު، ބިލްގައި ހިމަނާފައިވާ ވާހަކަތައް ހުދު އެ މެމްބަރަށް ވެސް އެނގިވަޑައިނުގަންނަވާކަން އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އިއުތިރާފު ވި ކަމަށެވެ.

“އަޅުގަނޑުމެން ކޮމިޓީން ފާސްކުރި އެ ބިލަކީ އެއީ ހަމަ ވަރަށް ރަނގަޅު ފެންވަރެއްގައި ހަދާފައިވާނެ ބިލެއް. އެހެން ނަމަވެސް އަޅުގަނޑު ހަމަ ހިތާމައާއި އެކު މި ދަންނަވަނީ، ސަރުކާރުގެ އެ ސްޓޭންޑެއް ނުގެންގުޅެވުނު. ވަރަށް ދެރަކަމެއް މި ގައުމު މިހާލަތަށް ގޮސްފައިވާއިރުގައި މިވަރު ކަންކަމުގައި ސަރުކާރު އެއް ސްޓޭންޑެއް، ނުގެންގުޅުމަކީ ވަރަށް ހިތާމަ ހުރިކަމެއް. ވަރަށް ލަދުގަތްކަމެއް އަޅުގަނޑު، ވަރަށް ދެރަވަރުކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން.” އިންތި

އިންތި ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކުރިޔަށް ގެންދިޔަ ފަންނީ މަސައްކަތްތަކެއް ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ދިރާސާތަކެއް ކަމަށެވެ. އެހެން ނަމަވެސް ކޮމިޓީ އާއި އެއްވެސް މަޝްވަރާއެއް އަދި އެންގުމެއް ނެތި އެމްޑީޕީއަށް ނިސްބަތްވާ އެހެން މެމްބަރަކު މެދުވެރިކޮށް އިސްލާހެއް ހުށަހެޅީ ކަމަށެވެ.

މިއީ ބަންޑާރަ ނައިބުގެ އޮފީހުން ކުރަންޖެހޭ މަސައްކަތަކަށްވާއިރު، އަދާލަތު ޕާޓީން އެހެން މެމްބަރެއް މެދުވެރިކޮށް އިސްލާހެއް ހުށަހެޅިއިރު އެ އޮފީހަށް ވެސް އެކަން ނޭނގޭކަން އިންތި ފާހަގަކުރެއްވި އެވެ.

“އިސްލާހު ފާސްވެއްޖެނަމަ ވާގޮތަކީ އަނެއްކާވެސް ގޮވެނީ މީހަކަށް ކާފަރެކޭ، ލާދީނީ މީހެކޭ. އެހެންވީމަ އެ މަގްސަދު ގެއްލޭތީވެ އިސްލާމިކް މިނިސްޓްރީން ކުރެއްވިކަމެއް މިއީ” އިންތި

އިންތި ވިދާޅުވީ ނުފޫޒުތައް އަންނަ ހިސާބެއް ސާފެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަން ހިނގަނީ އެމްޑީޕީގެ ވެސް ބައެއް މެމްބަރުންގެ ބައިވެރިވުމާއި އެކު ކަމަށެވެ. މިއީ ބިލުގެ މަގްސަދު ގެއްލުވާލުން ކަމަށް ވެސް އިންތި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިންތި ވިދާޅުވީ ކުޑަކުޑަ ސިޔާސީ ޕާޓީއަކުން ދިވެހި ދައުލަތުގެ މައްޗަށް ނުފޫޒު ފޯރުވަކީ އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭއި 06 ގައި ދިން ހަމަލާ ގުޅެނީހަރުކަށި ފިކުރާ އެވެ. ދާދިފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނަކީ އެއީ ދީނުން ބޭރުވެފައިވާ މީހެއްކަމަށް ބުނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި މެދު ނުބައި ނަފްރަތަކާއި ރުޅިވެރިކަމެއް ގެންގުޅެ އެއީ މަރާލަން ޖެހޭ މީހެއްގެ ގޮތުގައި އެ މީހުން ދެކުނު ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ ދައުލަތް ގަބޫލު ނުކުރާ ބައެކެވެ. އަދި އެ މީހުންނަކީ އެއީ ޖާނުން ފިދާވެގެން ވެސް އެ މީހުންގެ މަގްސަދުތައް ހާސިލް ކުރަން ފަސް ނުޖެހޭނެ މީހުންކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: