ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުށަހަޅާ ބިލްތައް ވާނީ ކޯލިޝަން ބައިވެރިންގެ ތާއީދު އޮންނަ ބިލްތަކަކަށް: ހަލީމް

ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހުށަހަޅާ ބިލްތައް ވާނީ ސަރުކާރު ކޯލިޝަން ބައިވެރިންގެ ތާއީދު އޮންނަ ބިލްތަކަކަށް ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ހަލީމް މިހެން ވިދާޅުވީ ބުނީ ޤާނޫނުލް ޢުޤޫބާތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ ބިލަކީ ޢަދާލަތު ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާ ކުރުމެއް ނެތި ހުށަހަޅާފައިވާ ބިލެއް ކަމަށް އެ ޕާޓީން ބުނުމާ ގުޅިގެންނެވެ.

އެގޮތުން ހަލީމް ވިދާޅުވީ ކޯލިޝަން ސަރުކާރުން ހުށަހަޅާ ބިލްތައް ވާނީ ކޯލިޝަން ޕާޓީތަކުގެ ތާއިދު އޮތް ބިލްތަކަކަށް ކަމަށެވެ.

“ނޫނީ ކޯލިޝަނުން ވަކިވާންވީނުންތޯ.” އަދާލަތަށް ނިސްބަތް ކުރައްވައި ހަލީމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ “ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.

މި އިސްލާހަށް ވާހަކަ ދެއްކި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ އެއް މެމްބަރެއް ފިޔަވާ އެހެން މެމްބަރުން ވަނީ ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރަކީ ތިނަދު ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފެވެ. އަދި އިދިކޮޅު މެމްބަރުން ވަނީ މި ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: