ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިން ހިންގަނީ ޒާތީ ހަސަދައެއް ފިލުވާލަން: ދޮންބިލެތް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ދޮންބިލޭ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް ކެމްޕޭނަކީ ރައީސް ޔާމީންގެ ޒާތީ ހަސަދަ ފިލުވާލުމުގެ ގޮތުން ހިންގޭ ކެމްޕޭނެއް ކަމުގައި ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި އިންޑިއާ އައުޓާއި ގުޅޭ ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ރައީސް ޔާމީންގެ ޒާތީ މައްސަލައެއް ފިލުވާލުމުގެ ގޮތުން ހިންގޭ ކެމްޕޭނެއްކަމުގައެވެ. ރާއްޖޭގައި ހަތިޔާރު އެޅި ސިފައިން ތިބި ކަމަށް ބުނެ ދޮގު ހަދަމުންދާ ކަމަށާއި އެކަމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދެވުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދޮންބިލަތް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭން ހިންގަނީ 2008 ވަނަ އަހަރުގެ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ޓަކައި ކުރެވުނު މުހިއްމު ކަމެއް ކަމުގައި ޕީޕީއެމަށް ކުރެވުނު ކަމަކީ ޖީއެމްއާރު ރާއްޖެއިން ފޮނުވާލުން ކަމުގައި ދޮންބިލަތް ވިދާޅުވިއެވެ.

އެގޮތުން ޖީއެމްއާރު މަސްޓް ގޯ ހޯމް އޭ ބުނެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީއެމްއާރު އަތުން އަތުލުމަށް އޭރު ޕީޕީއެމުން ދެއްކި ވާހަކަތަކުގެ ތެރޭގައި އެއީ ރާއްޖޭގެ މައިދޮރާށި ކަމުގައި ބުނެ އޮޅުވާލާފައިވާ ކަމުގައި ދޮންބިލަތް ވިދާޅުވިއެވެ.

އަދި އެކަމާއި ގުޅިގެން ބައެއް ރައްޔިތުން އެވާހަކަތައް ގަބޫލުކޮށް އެވިސްނުން އައި ކަމުގައި ހަލީމް ވިދާޅުވިއެވެ. އަދި މިފަހަރުވެސް ވެރިކަން ވައްޓާލުމަށް ޕީޕީއެމުން އިންޑިއާ އައުޓްގެ ނަމުގައި ހިންގަމުންދަނީ ކުރިންވެސް ހިންގި ފަދ އަމަަލުތަކެއް ކައުގައި ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވިގޮތުގައި ޕީޕީއެމްގެ މުޒާހަރާ ތަކުގައި މިފަހަކަށް އައިސް ރައީސް ޔާމީން އަންނަނީ އެމަނިކުފާނުގެ ވެރިކަން ވައްޓާލީ އިންޑިއާއިން ކަމުގައި ވިދާޅުވަމުން ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ވައްޓާލީ ދިވެހި ރައްޔިތުން ކަމުގައި ހަލީމް ވިދާޅުވިއެވެ. ވީމާ އިންޑިއާ އައުޓް ހަރަކާތަކީ ރައްޔިތުންނަށް އޮޅުވާލައިގެން ރައީސް ޔާމީންގެ އަމިއްލަ ޒާތީ ތައައްސުބެއް އޮވެގެން ރައްޔިތުންގެ ބޮޑު ތާއީދެއް އެކަމަށް އޮތް ކަމަށް ހީފުޅު ކުރައްވައި އިންޑިއާ އަށް އޮތް ހަސަދައެއް ފިލުވާލުމުގެ ގޮތުން ކުރިއަށް ގެންދަވާ ހަރަކާތެއް ކަމުގައި ހަލީމް ވިދާޅުވިއެވެ.

ރައީސް ޔާމީން އިންޑިއާ އާއި ދެމެދު އޮތް ޒާތީ ހަސަދައިގައި ހަގީގަތުގައި ގެއްލުން ލިބެމުންދަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެކަމުން ލިބިދާނެ ގެއްލުން ޔޫކްރެއިން ހަނގުރާމައަށް ބަލައިލިއަސް ފެނިގެންދާ ކަމުގައި ހަލީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް އިންޑިއާ ސިފައިން ބައިތިއްބައިގެން  ރާއްޖެ އަޅުވެތިކުރުމަށް ކުރި މަސައްކަތެއް ފެނިފައިނުވާ ކަމުގައި ހަލީމްވިދާޅުވިއެވެ. ވުމާއެކު ކުއްލިއަކަށް އިންޑިއާ އިން ރާއްޖެ އަޅުވެތިކުރުމުގެ މަސައްކަތް ކުރަންފަށާފާނެ ކަމަށް ގަބޫލުނުކުރެއްވެވޭ ކަމުގައި ހަލީމްވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށާއި ރަށްރަށަށް އަރައި ބެނާ ދަމައިގެން އެ ހަރަކާތް ހިންގުމުގެ ނަތީޖާ ފަހަރުގައި ވަރަށް ހިތިވެދާނެ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: