ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާއިރާގެ މަޝްރޫއުތަކާއި ސިޔާސީ ފިކުރު ތަފާތުވުމާއި ގުޅުވައިގެން ނުވާނެ: ދޮންބިލަތް

ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް)
ޝެއާރކޮށްލާ ކަހަލަދޯ؟

ނަރުދަމާ ގާއިމް ކުރުމާއި ސިޔާސީ ގޮތުން ހުރި ފިކުރަކާއި ގުޅުވައިގެން ނުވާނެ ކަމަށް ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ހަލީމް ވިދާޅުވީ ފ ބިލަތްދޫގެ ނަރުދަމާގެ ނިޒާމަކީ 2019 ވަނަ އަހަރު މިސަރުކާރު ހަވާލުވިއިރު ކުރީގެ ސަރުކާރުން ބަޔަކާ ހަވާލްކޮށްފައި އޮތް މަަސައްކަތެއް ކަމަށެވެ.

އެމްޑީޕީގެ މި ސަރުކާރު ވެރިކަމާ ހަވާލުވެ ބިލަތްދޫ ނަރުދަމާގެ މަސައްކަތް ފަށައިގެން މިއަދާ ހަމައަށް އައި އިރުގައި އަދިއެއް ނަރުދަމާ އެއް ނުނިމެ. މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. އަދި މީގަ އެންމެ ކަންބޮޑުވާ މައްސަލައަކީ ނަރުދަމާ ހަވާލު ކުރެވިފައިވަނީ އެސްޖޭ ކިޔާ ކުންފުންޏަކާ. އަޅުގަނޑު ބަލައިލި އިރުގައި މި ކުންފުނިން ފަށާފައިހުރި ނަރުދަމާތައް ރާއްޖޭގެ ހަތަރުވަރަކަށް ރަށުގައި އޮތް. އެ ނަރުދަމާތަކަށްވެސް ދިމާވެފައިވަނީ ހަމަ މިކަހަލަ ގޮތެއް.

ހަލީމް ވިދާޅުވީ ބިލަތްދޫ ނަރުދަމާގެ މައްސަލަ އަވަސްކުރުމަށް ނުވަތަ އެކަަމަށް ހައްލު ހޯދޭނެ ގޮތެއް ފެންނަން ނެތް ކަމަށެވެ.

އަޅުގަނޑަށް ގޮތް ހުސްވެއްޖެ. 35 ފަހަރު އަޅުގަނޑު ހަމަ އެއްޗެއްގައި ނޯޓްކޮށްގެން 35 ވަނަ ފަހަރަށް މިހާރު އަޅުގަނޑަށް ޕްލޭނިންގ މިނިސްޓްރީ އާއި އެކީގައި މިކަމުގައި މަސައްކަތް ކުރެވިއްޖެ. 35 ފަހަރު. މިިދިޔަ 4 އަހަރުތެރޭގައި 35 ފަހަރު. އެކިފަހަރު އެކި މަރުހަލާގައި އެކި ވާހަކަ ދެކެވި އަޅުގަނޑަށް ވަރަށް އާދޭސް ކުރެވިއްޖެ. އަޅުގަނޑަށް ރުޅި އައިސްގެން ވާހަކަ ދެއްކިއްޖެ. އެކި ގަޑިގަޑީގައި އަޅުގަނޑަށް ދެވިއްޖެ. ސަރުކާރުގެ، ޕްލޭނިންގ މިނިސްޓްރީގެ އެކިއެކި ފަރާތްތަކާ އެކީ ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވިއްޖެ. ވަރަށް ލޯބިން ވެސް ވަރަށް ގާތްކޮށްގެންވެސް ވަރަށް ރުޅި އައިސްގެންވެސް މިވާހަކަ ދެކެވިއްޖެ. މިއަދު ބިލަތްދޫ ރައްޔިތުންނަށް ނަރުދަމާއިން އުފާވެރިކަން ލިބެންވީ ވަގުތު، ހިތްހަމަޖެހުން ލިބެންވީ ވަގުތު، މިއީ ބޮޑު ނާމާން ކަމަކާއި ބިރުވެރި ކަމަކަށް މި ނަރުދަމާ ބަދަލުވެގެން ހިނގައްޖެ.

ހަލީމް ވިދާޅުވީ އޭނާ ބިލަތްދޫގައި ނަރުދަމާ ނިޒާމް ނުނިމިފައިވާ ވާހަކަ ދައްކަނީ އަސަރާއެކުގައި ކަމަށެވެ. އޭނާ އަކީ މިސަރުކާރު ދިފާއު ކުރުމަށް މަސައްކަތް ކުރަމުންދާ މީހެއް ކަމަށް ވިދާޅުވިއެވެ.

ބައެއް މެމްބަރުންނަށް އަޅުގަނޑަކީ ސަރުކާރާއި ދެކޮޅު މެމްބަރެއް ކަމަށް ދެއްކިއަސްވެސް، އަޅުގަނޑަކީ އޭގެ މެމްބަރެއް ނޫން. އަޅުގަނޑަކީ ހަމަ ސަރުކާރާ އެއްކޮޅަށް މަސައްކަތް ކުރާ އަޅުގަނޑަކީ ހަމަ ރައީސް ސާލިހު ދެވަނަ ދައުރަކަށް ގެންނަން ވެގެން މަސައްކަތް ކުރާ މެމްބަރުންގެ ތެރޭގައި ހުންނަ މެމްބަރެއް. އެހެން ނަމަވެސް އަޅުގަނޑުގެ ދާއިރާ އަކަށް މިކަމެއް ނުކުރެވޭ. އެއީ އަޅުގަނޑު ހުންނަނީކީ އެހެން ނޫން ކަމަށް ދެކި އެއީދެން އަޖައިބެއް. އަޅުގަނޑު އެހެން ނުހުންނަ ކަން. އެއީދެން އަޅުގަނޑަކަށް ނޭނގެ ކީއްވެގެން ކަމެއް. އެންމެ ފަހުން ބޭއްވުނު ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު މަސައްކަތްކުރީ ރައީސް ނަޝީދާ އެކީގައި. ދެން އެއީ ވެދާނެ ފަހަރެއްގައި އޮތް މައްސަލައެއް ކަމަށް. އެހެންނަމަވެސް މި ޓިކެޓް ލިބުމާއެކީގައި އަދި އަޅުގަނޑަކަށެއް ނޭނގެ އަޅުގަނޑު މިހާރު މިހިރީކީ ކޮންތާކު ކަމެއް އެއެއް ސާފުކޮށް ބުނާކަށް ! އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑު މިހުންނަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓާއެކުގައި. ދެން ނަރުދަމާ އަކާ އަޅުގަނޑު ހުންނަ ގޮތަކާ އަޅުގަނޑުގެ ސިޔަޔަކާ ގުޅުވައިގެނެއް ނުވާނެ. ބައްލަވާ މަތިވެރި ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ވަަރަށް ރަނގަޅަށް ކަންކަން ވަމުންދާތަން ފެނޭ. އެހެން ނަމަވެސް އަޅުގަނޑުގެ ދާއިރާ އަކަށް މިކަމެއް ނުވޭ، އަޅުގަނޑު ވަރަށް އަސަރާއެކީ މިވާހަކަ ދައްކަނީ. މިދިޔަ 4 އަހަރު ބިލަތްދޫގައި ނަރުދަމާ އޮތީ ކޮންތާކުތޯ ސުވާލުކުރަންޖެހޭ. ދެންމި އެސްޖޭ ކޮންސްޓްރަކްޝަނަކަށް ދީގެން މި މަސައްްކަތެއް ނުވި.

ހަލީމް ވިދާޅުވީ ނަރުދަމާގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ކުންފުނި ޓާމިނޭޓްކޮށް އެހެން ބަޔަކާ މަސައްކަތް ހަވާލުކުރާނެ ވާހަކަ ދެކެވުނު ނަމަވެސް އެކަމަށް އަމަލީ ސިފައެއް މިހާތަނަށް އައިސްފައިނުވާ ކަމަށެވެ.

މަސައްކަތްތައް ނުވަތަ ރަށްރަށުގެ މަޝްރޫއުތައް ލަސްވާ ވާހަކަ ދެއްކުމުން އެވާހަކަ އަށް ފުރައްސާރަ ކުރުން މުހިއްމު ނޫން ކަމަށް ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުހިއްމު ކަމަކީ ދާއިރާގެ ރައްޔިތުންނަށް ނަރުދަމާގެ މަސައްކަތް ކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވީ މާދަމާވެސް ރައީސް ސާލިހަށް ވޯޓް ހޯދަން ދާން އޮތް އެންމެ ބޮޑު ރަށަކީ ބިލަތްދޫ ކަމަށެވެ. ބިލަތްދޫ ދާއިރާގައި އެންމެ ގިނަ ވޯޓް އޭނާ އަށާއި މިހާތަނަށް އެމްޑީޕީގެ ސަރުކާރަށް ދީފައިވަނީ ބިލަތްދޫން ކަން ހަލީމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: