ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގޫދޫ އެއާޕޯޓު މަޝްރޫއު ހުއްޓާލީ އަމިއްލަ މަންފާއަށްކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް!

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަގޫދޫ އެއާޕޯޓު މަޝްރޫއު ހުއްޓާލީ އަމިއްލަ މަންފާއަށްކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި މި މައްސަލައިގައި، ބުނެފައިވަނީ މިއީ ރައީސުލްޖުމްހުރިއްޔާގެ ބާރުތައް ގާނޫނާއި ހިލާފަށް، އަމިއްލަ އާއިލީ އަދި ސިޔާސީ މަންފާއަށް ބޭނުން ކުރުންކަމަށެވެ.

މިއީ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާއަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށް ހުށައެޅި މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، އަދި މިއީ، ރައީސްގެ އާއިލީ އަދި ސިޔާސީ ނިންމުމެއް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭކަމަށެވެ.

މައްސަލައިގައި ސިފަކޮށްފައިވާގޮތުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއި ގޮތުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް މި ނިންމުމުގެ ސަބަބުން ގެއްލުން ލިބޭނެއެވެ. އަދި މިކަން ބަދަލުކުރުމަށް ވަނީ ގޮވާލާފައެވެ.

މަޖިލީހަށް މި މައްސަލަ ބަލައިިގަނެފައިވާއިރު، ބަހުސްގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ.

ބަހުސްގެ މަރުހަލާގައި ބިލް ހުށައެޅުއްވި މެންބަރު ހަލީމް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓެއް އެޅުމަކީ މައްސަލައއް ނޫންކަމަށެވެ. ނަމަވެސް ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައި އަދި އެތައް ހަރަދެއްކޮށްފައި އޮތް އެއާޕޯޓެއްގެ މަސައްކަތް ހުއްޓާލުމުން އޭނާ އެކަން ކުށްވެރިކުރެއްވިއެވެ. އަދި އެކަން ސިފަކުރީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައެވެ. މި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: