ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ މަޝްރޫއަށްވުރެ ގެދޮރުވެރިޔާ ފްލެޓުގެ އަގު 27 އިންސައްތަ ކުޑަ!

ގެދޮރުވެރިޔާ މަޝްރޫއުގެ ބިންގާ އެޅުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށްވުރެ މިސަރުކާރުން އިއުލާންކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓުގެ އަގު 27 އިންސައްތަ ކުޑަވާނެކަމަށް ހައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

ގެދޮރުވެރިޔާ ފްލެޓްތަކާއި ގުޅެގޮތުން މައުލޫމާތު ހާމަކުރަމުން އެޗްޑީސީއިން ބުނީ މި ޔުނިޓުތަކަކީ މިޑް ލެވެލް ހައުސިންގެ ޕްރޮޖެކްޓެއް ކަމަށާއި ފްލެޓުތައް ދޫކުރަނީ މި ޕްރޮޖެކްޓު ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ކަމަށެވެ. އެގޮތުން ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިންގ ޔުނިޓުތަކުގެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2،400 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް މި އެއްބަސްވުމުގެ ދަށުން ވަނީ ކަނޑައެޅިފަ އެވެ.

މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭ ޔުނިޓުތަކަކީ ޖާގައިގެ ގޮތުންނާއި އަދި އަގުގެ ގޮތުން ވެސް ސަރުކާރުން ކުރިން ހިންގާފައިވާ މަޝްރޫއުތަކާއި އަޅާބަލާއިރު ގިނަ ހެޔޮބަދަލުތަކެއް ގެނެވިފައިވާ ޔުނިޓުތަކެއް ކަމަށް އެޗްޑީސީއިން ބުނެއެވެ. މިގޮތުން ޔުނިޓުތަކުގެ އަގު ނުވަތަ އިމާރާތް ކުރުމަށް ދާ ހަރަދު ކަނޑައެޅިފައި ވަނީ މިހާރު މާކެޓް ނުވަތަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ކަނޑައަޅާފައިވާ އަގުތަކަށްވުރެ ނިސްބަތުން ކުޑަކުރެވިގެންކަމަށް ކުންފުނިން ބުނެއެވެ. މިގޮތުން ހިޔާ މަޝްރޫއުގެ ހައުސިންގ ޔުނިޓުތަކާއި އަޅާބަލާނަމަ ކައުންސިލް ހައުސިންގެ ގޮތުގައި ކަނޑައެޅިފައިވާ ޔުނިޓުތަކުގެ އަގު %27 ކުޑަކުރެވިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތްތަކުގެ 1 ވަނަ ސްޓޭޖް 31 މާރިޗު 2013 ނިންމުމަށް ހަމަޖެހިފައިވާއިރު ސްޓޭޖް 2 އަދި 3 ގެ މަސައްކަތް 31 އޮކްޓޯބަރު 2023ގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު އަދި ޖާގައިގެ ގޮތުން
ތަނަވަސް ފުލެޓުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިމަސައްކަތުގެ އިތުރުން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ވެސް ރޭވިފައި ހުރިކަމަށް އެޗްޑީސީއިން ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ހައުސިންގ އަކީ ކައުސިންލްގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މި ޔުނިޓުތަކަކީ ހަމައެކަނި ލީސް ކުރާ ނުވަތަ ލީސް މޮޑޮލްއަށް ދެވޭ ޔުނިޓުތަކެކެވެ. އަދި އެފޯޑަބަލް ހައުސިންގގެ ދަށުން ލީސް ޓު އޯން އުސޫލުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކަކަކީ މަހު ކުލި ދައްކާ ޔުނިޓަށްވާ ޖުމްލަ ފައިސާ ދެއްކާ ހަލާސް ކުރުމުން އެފަރާތުގެ ނަމުގެ މައްޗަށް ރަޖިސްޓްރީ ބަދަލު ކުރެވިގެން ދާނެ ޔުނިޓުތަކެކެވެ. އަދި މި ޔުނިޓުތަކުގެ އަގު ކޮންޓްރޯލު ކުރުމަށް ވީހާވެސް ކުޑަ އަގެއްގައި މި ޔުނިޓުތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި ސަރުކާރުން މަހު ކުލީގެ ގޮތުގައި ނެގުމަށް ޓާގެޓް އަގުތަކެއް ވަނީ ކަނޑައަޅައި އެއަގުތައް ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: