ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފެލްޓްތަކުގެ ކުލި ކުޑަ ކުރަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފެލްޓްގެ ކުލި ކުޑަ ކުރަން މާލޭ ސިޓީ ކައުންސިލުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ފަށައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ވަރު 8500 ރުފިޔާއިން 5600 ރުފިޔާއަށް ކުޑަ ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ.

މި މައްސަލާގައި މިއަދު ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މައުލޫމާތު ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އަޅާފައިވާ ހިޔާ ފްލެޓްތަކުގެ އަގުތައް އޭރު ކަނޑައެެޅީ ހައުސިން މިނިސްޓްރީއާއި ރައީސް އޮފީހާއި އެޗްޑީސީ ގުޅިގެން ކަމަށެވެ. އަގުތައް ހަދާފައި ވާނީ ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް ބެލުމަށް ފަހު ރައްޔިތުންނަށް ފައިސާ ދެއްކުމުގައި އެންމެ ލުއި ގޮތަކަށް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ސަރުކާރު ބަދަލުވިޔަސް، ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ސިޔާސަތު ބަދަލުކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެފަދަ ގޮތަކަށް ބަދަލުކުރާ ނަމަ، އެމީހުންނަށް އެހެން ގޮތެއް ހޯދައިދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުއްޔަށް ގެނައި ބަދަލާ ގުޅިގެން މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ އަގަށް ބަދަލު ގެނައުމުގައި މި ސަރުކާރުން ބަލާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު އެދިފައިވާނެ ކަމަށެވެ.

އަގަށް ބޮޑު ބަދަލެއް އަންނަން ޖެހޭނެ ކަމަށް މުއިއްޒު ގަބޫލު ނުކުރައްވާ ކަމަށާއި ހިޔާ ފްލެޓްތަކުގެ އަގު ކުރިން ވެސް އޮތް އަދަދާ ދާދި އެއްވަރުގެ އަދަދަކަށް ބަދަލުވާނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: