ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގަކާ ނުލާ ގާސިމަށް ބަދުބަސް ބުނުމަކީ ދެރަކަމެއް: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ހައްގަކާއި ނުލައި ބަދުބަސް ބުނުމަކީ ދެރަ ކަމެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދު މީހުން ގަބޫލު ނުކުރިޔަސް ގާސިމަކީ ރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި ތަޢުލީމީ ގޮތުންނާއި އިޖްތިމާއީ ރޮނގުން އަގުނުކުރެވޭ ފަދަ ގިނަގުނަ ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

”އެމަނިކުފާނަށް ބައެއް މީހުން އެއްވެސް ހައްގަކާއި ނުލައި ބަދުބަސް ބުނުން ދެރަވަރު“ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދު ނުކުރާ ކަމަށް ޖޭޕީން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ގާސިމް ދަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: