ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްރަތުގެ ބިލު އަވަހަށް ފާސްކޮށްދޭން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކޮށްދިނުން އަވަސް ކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެ ޕާޓީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ގަބޫލުކުރެވި އެމީހުން މަރައި އަދި ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ.

އަދި މި ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި ދިރިހުރުމުގެ ހައްގު ކަށަވަރު ކުރުމަށް ނުހަނު މުހިއްމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

“… ނަމަވެސް މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި މި ބިލަކީ ދީނާއި ހިލާފު ބިލެއް ކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް މި ޕާޓީއިން ހަރުއަޑުން ކުށްވެރިކުރަން. އަދި މި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ މި ދަނިޑިވަޅުގައި މި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތް ކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުން ކުރާކަމީ މި ޕާޓީއިން ކަންބޮޑުވާ ކަމެއް،”

އެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދީނާއި ގުޅުވައިގެން މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: