ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނުގެ ދިފާއުގައި ނަފްރަތުގެ ބިލާ ދެކޮޅަށް ތެދުވަންޖެހޭ: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްރަތުގެ ބިލާ ދެކޮޅަށް އިސްލާމް ދީނުގެ ދިފާއުގައި ތެދުވަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަފްރަތުގެ ބިލު މިހާރު އޮތްގޮތުން ރައްޔިތުކަން ދޫކޮއްލާ މީހުންގެ އަމަލުތަކާއި އަދި ބޭރުމީހުން ވަޒަންވެރިވެތިބެ ދީނާއި ދެކޮޅަށް ހިންގާ އަމަލުތައްވެސް ޙިމާޔަތްކުރެވޭކަމަށެވެ.

މުރުތައްދު ވުމުން މުސްލިމުންގެ ތެރޭގައި އެކުށަށް އަދަބު ދެވޭނެކަމަށާއި އިސްލާމް ދީނުގެ ދިފާއުގައި ނަފުރަތުގެ ބިލާއި ދެކޮޅަށް ތެދުވަންޖެހޭކަމަށް ޖަމީލް ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގައިވާ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ތުޅާދޫ ދާއިރާގެ ހިސާން ހުސައިން ބިލް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ. މި ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހިމަނާފައެވެ. ބިލުގެ މިބަޔަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނި އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: