ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ”އާސްކް ސްޕީކާ“ އަންނަ ހޯމަ ދުވަހު!

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ”އާސްކް ސްޕީކާ“ ގެ ނަމުގައި އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ 21:00 ކްލަބްހައުސް އިން ގެނެސްދޭ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ނަޝީދު ޖަވާބު ދެއްވާނެ ކަމަށެވެ.

ރައީސް ނަޝީދާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސުވާލުކުރާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންވާ ސުވާލު، އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހޮޓްލައިން ނަންބަރު 7234566 އަށް ސުވާލު ފޮނުވަން ވަނީ އެދިފައެވެ.

މީގެ އިތުރުން ކްލަބްހައުސް މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ނަމާއި ކްލަބްހައުސް އެކައުންޓުގެ ނަހޮޓްލައިނަށް ފޮނުވަން ވަނީ އެދިފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް #AskSpeaker ޖެހުމަށްފަހު ސުވާލު ކުރަމުން ގެންދަން މަޖިލީހުގެ އިދާރާއިން ވަނީ އެދިފައިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: