ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފި

ކުޅުދުއްފުށި ސިޓީ-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ މޮނީޓަރިންގެ ހާލަތު އުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިޔަށް ގެންދިޔުން މުހިއްމު ކަމަށެވެ. އެގޮތުން މާސްކު އެޅުމާއި، ގިނަގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުން އަދި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު އެ ސިޓީގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ފަސް މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: