ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް ދޫކޮށް ކުޅުދުއްފުށި ސިޓީ މޭޔަރު އާތިފް އާއި ކައުންސިލްގް އިތުރު މެމްބަރުން އަލުން އެމްޑީޕީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލްގެ އެހެން މެމްބަރުން ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއަށް ރޭ ސޮއިކުރަށްވައިފި އެވެ.

އެމްޑީޕީންއިން ހާމަކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލްގެ އެހެން މެމްބަރުން ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާ ކަަމަށެވެ.

މޭޔަރު އާތިފާއި މެމްބަރު ޔާސިރު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ ސޯލްޓް ކެފޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއެކު ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް ޞަލިހްވެސް ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ އެހެން މެމްބަރުންނާއި ބައްދަލު ކުރަށްވާފައެވެ. ސޯލްޓް ކެފޭގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފް ވެސް ބައިވެރިވެވަޑަައިގެންނެވިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވެސް ވަނީ ދަ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީއަށް ސޮއިކުރަށްވާފައެވެ.

ކުޅުދުއްފުށީ ކައުންސިލް އެއްކޮށް، ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވަނީ މިދިޔަ މެއި 30 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: