ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ކައުންސިލުގެ 2022 ވަނަ އަހަރު މާލީ ކަންކަން ބެލެހެއްޓުމުގައި ވަނީ އިހުމާލުވެފަ: އޮޑިޓު

ކުޅުދުއްފުށި ސިޓީ. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން މާލީ ކަންކަން ބެލެހެއްޓުމުގައި ގިނަ އިހުމާލުތަކެއް ވެފައިވާކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓު އޮފީހުން ޝާއުއުކޮށްފައިވާ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އޮޑިޓު ރިޕޯޓުގައިވާގޮތުން، އެ ކައުންސިލުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓުކޮށްފައިނުވެއެވެ. އެހެންކަމުން 2022 ވަނަ އަހަރުގެ މާލީ ބަޔާނާއިއެކު ހުށައަޅާފައިވާ 2021 ވަނަ އަހަރުގެ ހިސާބުތަކަކީ އެ މުއައްސަސާއިން އޮޑިޓުކޮށް ކަށަވަރުކޮށްފައިވާ ހިސާބުތަކެއް ނޫންކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން އެ ކައުންސިލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ ޕަބްލިކް ބެންކް އެކައުންޓަށް ޖަމާކުރަމުންއައިސްފައިނުވާކަން ފާހަގަކުރެވެއެވެ. އެގޮތުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ކައުންސިލުގެ އިދާރާއިން ބަލައިގަނެފައިވާ 83،150ަ ރުފިޔާ 12 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ބެންކް އެކައުންޓަށް ގާނޫނާއި ގަވައިދުގައިވާގޮތުގެމަތިން ޖަމާކޮށާްފައިނުވާކަމަށް ބުނެފައިވެއެވެ.

އޮޑިޓު އޮފީހުން ބުނެފައިވާގޮތުން، ކައުންސިލުގެ އާމްދަނީ ޖަމާކުރާ އެކައުންޓުގައި ފަސްލައްކަ އަށްވުރެ އިތުރު އަދަދެއް ހުރިއިރު އެ އަދަދުން ހަތަަރު ލައްކައާއި ގާތްކުރާ އަދަދެއްގެ ފައިސާއަކީ 2011 ވަނަ އަހަރާއި 2020 ވަނަ އަހަރާއި ދެމެދު ލިބު ފައިސާކަމަށް ބުނާކަމަށެވެ. އަދި ފައިސާއާއި ގުޅޭ ތަފްސީލުތައް ހޯދިފައިނުވާއިރު، ގިނަ ދުވަސްތަކެއް ވެފައިވާއިރު ދައުލަތުގެ އާމްދަނީއަށް އެ ފައިސާތައް ޖަމާނުކޮށް ތިބިކަންވެސް ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.

އޮޑިޓުންވަނީ ކަންސިލުގެ އިދާރާއިން ހަރުމުދަލުގެ ރެޖިސްޓްރީ ބެލެހެއްޓުމުގައިވެސް އިހުމާލުތަކެއް ވެފައިވެއެވެ. އެގޮތުން ބެލުމުގެ ދަށުގައި ހުރި ހުރިހާ މުދަލެއް ހިމަނާފައިނުވާއިރު، ބައެއް މުދަލުގެ އަގު ޖަހާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހަރުމުދަލުގެ ރެޖިސްޓްރީއިން އަގުގެ ގޮތުގައި ފަނަރަށް މިލިއަނަށްވުރެ އިތުރު އަދަދެއްގެ ދައްކާއިރު، މިލްކިއްޔާތުގެ ބަޔާނުގަައި ހަރުމުދަލުގެ އަގުގެ ގޮތުގައި 9.7 މިލިއަން ހުރިކަމަށް ވުމުން އެ ދެމެދުގައި ފަސް މިލިއަނަށްވުރެ އިތުރު އަދަދެއްގެ ތަފާތެއް ހުރިކަމަށްވުމުން މާލީ ބަޔާނުގައި ހިމަނާފައިވާ ހަރުމުދަލަގެ އަގުގެ ސައްހަކަން ކަށަވަރުނުވާކަަމަށް ބުނެފައިވެއެވެ.

އެއްބަސްވުންތަކާއި އެއްގޮތަށް ބިމު ކުލި ބޮޑުކޮށްފައިނުވާ މައްސަލަވެސް ފާހަގަކުރެވޭކަމަށް އޮޑިޓުން ބުނެފައިވާއިރު، ކުއްޔަށް ދެވިފައިވާ ތަންތަނާއިމެދު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި މިސްކިތުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ބަންދު ދުވަހުގެ ރަސްމީ ގަޑީގައި އިތުރު ގަޑީގެ ފައިސާ ދީފައިވާކަންވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުގެ މަތިން ހަތަރު ލައްކައަށްވުރެ އިތުރު އަދަދެއް ދެވިފައިވާކަމަށްވުމުން އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން ހައްލުކުރުމަށް އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 53%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: