ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން މައްސަލައިގެ ރީ އެނެކްޓްމެންޓް ވީޑިއޯއެއް: މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ!

ގެއްލުވާލާފައިވާ މ. ޝައިނިންގ ސްޓަރ، އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު ރޭ، އޭނާ ދިރިއުޅެމުންދިޔަ ހުޅުމާލެ ފްލެޓް ނަމްބަރު 21 ގެ ކައިރިން މަގުމަތިން ފެނުނު ވަޅި - ފޮޓޯ: މަރު ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޓީން ރީއެނެކްޓްމެންޓް ވީޑިއޯއެއް އާންމުކޮށްފި އެވެ.

ގާތްގަނޑަކަށް ހަތަރު މިނެޓުގެ އެ ވީޑިއޯގައި ރިލްވާން ވަގަށް ނެގި ރޭގައި އޭނާ މާލޭގެ މަގުމަތިން ހިނގާފައި ގޮސް ހުޅުމާލެ ފެރީޓާމިނަލްގެ ތެރެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އެއަށްފަހު ކަންހިނގި ގޮތް ކަމަށް ބެލެވޭ ކުޅެފައިވާ މަންޒަރު ހިމަނާފައި ވެއެވެ. ރިޟްވާން ފެރީއިން ފޭބި ގަޑިއެއްކަމަށް ލަފާ ކުރީ އެރޭ ދަންވަރު 01:30 ހާއިރެވެ.

ހިނގާފައި އުޅޭ ރިޟްވާނަށް ހުޅުމާލޭގައި އޭނާ ދިރިއުޅޭ 21 ނަމްބަރު ފްލެޓަށް ދެވޭނެކަމަށް ލަފާ ކުރީ 01:45 ގައެވެ. ނަމަވެސް އޭގެ ކުރިން އޭނާ ގަދަކަމުން ކާރަކަށް އެރުވިއިރު، އެ އަމަލު ހިންގި މީހުންގެ އަތުން ރިޟްވާނަށް ބިރު ދެއްކުމަށް ބޭނުން ކުރިކަމަށް ލަފާ ކުރެވޭ ވަޅިއެއް ވެއްޓިފައި ވެއެވެ. މި ވަޅީގެ މައުލޫމާތު އެނގޭ ބަޔަކު އެކަން ހިއްސާކޮށްދޭން އެދި މީގެ ކުރިން ވެސް މަރު ކޮމިޝަނުން އިއުލާނު ކުރި އެވެ.

މަރު ކޮމިޝަނުން ބުނެފައިވަނީ، އޮގަސްޓް 7 ގައި ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާ ގުޅޭ މައުލޫމާތު އެނގޭނެ ބައެއް ފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބޭނެކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމަށެވެ.  އެހެންކަމުން މައްސަލައާ ގުޅިގެން ޝަރީއަތަށް ސާބިތު ކުރެވޭވަރުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ކޮމިޝަނުން ހުށަހަަޅާފައިވާކަމަށް ބުންޏެވެ. ކޮމިޝަނުން އެދެނީ މި މައްސަލައިގައި އެފަދަ މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ލަސްނުކޮށް އެ މައުލުމާތެއް ހިއްސާކުރުމަށެވެ.

ޝަރީއަތަށް ސާބިތު ކުރެވޭ ވަރުގެ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކާ ރުފިޔާދޭން ހުށަހެޅިއިރު، ކޮމިޝަނުން މީގެ ކުރިން ވެސް މިގޮތަށް ފައިސާގެ އިނާމަކަށް މައުލޫމާތު ދޭން ހުޅުވާލާފައި ވެއެވެ.

ރިޟްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދަށްވާއިރު، މިވީ ދެ އަހަރުގެ ތެރޭގައި އާއިލާއަށް އިންސާފެއް ލިބިފައި ނެތެވެ. އަދި މަރު ކޮމިޝަނުގެ މެމްބަރުން އެހެން އިދާރާތްތަކަށް އައްޔަން ކުރުމާއި، އިސްތިއުފާ ދިނުމުގެ ސަބަބުން މަސައްކަތްތައް އޮތީ މަޑު ޖެހިފައެވެ.

ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ހުންނެވިއިރު މައްސަލައިގައި ރިޕޯޓެއް ތައްޔާރުކޮށް އާއްމުކުރި އެވެ. އަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މާލެއިން ފެށިގެން ސ. ހުޅުދޫ، އަތިރިޔާގޭ މުހައްމަދު ސުވައިދު ދިޔައީ ރިޟްވާނަށް ފާރަލަމުން ކަމަށެވެ. އެ ދުވަހުގެ 10:00 އިން ފެށިގެން ސުވައިދު އާއި މުހައްމަދު ހާމިދު ރިޟްވާނަށް ފާރަލީކަމަށް ކޮމިޝަނުން ބުންޏެވެ. ރިޕޯޓްގައި ވަނީ އެމީހުން ރިލްވާނަށް ފާރަލާފައި ވަނީ އާލިފް ރައޫފް އާއި އަޒްލިފް ރައޫފް އާއި، ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް (މުނާއްކޮ) ރާވާއިގެން ކަމަށެވެ.

ރިޟްވާން ރަހީނުކޮށ ރަތް ކާރުގައި ތިބީ މުނާއްކޮ އާއި އާލިފް އާއި ޝައްފާފު ކަމަށް ވެސް ރިޕޯޓްގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން މުނާއްކޮ ކާރު ދުއްވަން އިން އިރު، ކުރީގައި އިނީ އާލިފް ކަމަށް ވެއެވެ. އަދި ޝައްފާފު އިނީ ފަހަތުގައި ކަމަށްވެ އެވެ. ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ ސުވައިދު އާއި ސޮލާހު އަދި ޏ. ފުވައްމުލައް / ދަޑިމަގު، ދަޑޮފީށި، އިސްމާއީލް ޞަބިހް (ޝަބީނިއޯ) ކަމަށް ރިޕޯޓުގައިވެ އެވެ.

2019، ސެޕްޓެމްބަރު 03 ގައި އާއްމުކުރި ރިޕޯޓުގައި ވާ ގޮތުން ހުޅުމާލެއިން ރިޟްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަސް ދޯންޏަކަށެވެ. އ ހަފްތާގައި ބޭއްވި ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވެފައި ވަނީ ރިޟްވާން ހުޅުމާލެއިން ރަހީނުކޮށް ކަނޑުމައްޗަށް ގެންގޮސް ބޯ ބުރިކޮށް މަރާލާފައިވާ ކަމަށެވެ. އަދި އެއަށްފަހު އޭނާގެ ހަށިގަނޑު ކަނޑު ފެއްތީކަމަށް ރިޕޯޓުގައި ވެއެވެ.

ރިޟްވާންގެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރިޟްވާން ގެއްލުވާލި ހާދިސާއަށް އެތައް އަހަރެއްވީއިރު ވެސް އިންސާފެއް ނުލިބުމެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައުމަށް ރިޟްވާނާއި، ޔާމީންގެ ރަޝީދުގެ ނަން ބޭނުން ކުރުމެވެ. އާއިލާގެ ކަންބޮޑުވުންތަކާއި އެކު ބަޔާނެއް އާއްމު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރެއް އައުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އައިނަމަވެސް ލިބުނު ތަހުގީގަށް ލިބުނު އެއްވެސް ކުރިއެރުމެއްގެ މައުލޫމާތެއް މީޑިއާތަކަށް ހިއްސާކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: