ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮއްގެން ގޭންގުތަކަށް ފަންޑުކުރި: މަރު ކޮމިޝަންގެ ރައީސް

މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެނާއި އެހެނިހެން ގޮތްތައް މެދުވެރިކޮއް ކުޅިވަރު ޖަމިއްޔާތަކަށާއި ޒުވާނުންނަށް އެހީތެރިވުމުގެ ނަމުގައި ގޭންގުތަކަށް ފަންޑުކުރެއްވިކަަމަށް މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަނުން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަރީޝާވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ އިސް ވެރިންނާއި ކުއްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެމެދު ގާތް ގުޅުންތަކެއް އޮތްކަމަށް ބުނުމުގެ ފުރުސަތުތަކެއް ހުރިކަމަށް ފާހަގަކުރައްވާފައެވެ.

އެނާ ވިދާޅުވީ، އޭރުގެ ސަރުކާރަށް ނިސްބަތްވާ ޕާޓީއިން ރާއްޖޭގައި ގޭންްގުތަކެއް ނެތްކަމަށް ބުނެ، ޒުވާނުންނަކީ ގޭންގުތަކެއް ގޮތަށް ސިފަނުކުރެވޭނެކަމަށް ބުނުން ވެގެންދިޔައީ އެފަދަ ކަންކަމުގައި ޝާމިލުވަމުންދިޔަ ފަރާތްތަކަށް ލިބިގެންދިޔަ އިތުރު ހިތްވަރަކަށް ކަމަށެވެ.

ފަރީޝާ ވިދާޅުވީ، ސަރުކާރުންވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮއްދިނުމުގެ ނަމުގައި 2014 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ ޒުވާނުންގެ ކުށުގެ ރިކޯޑުތައް ފޮހެދީފައިކަމަށެވެ. އަދި އެ ފުރުސަތުގެ ތެރެއިން ކުށްކުރާ ގޭންގުތަކަށް ނިސްބަތްވާ ޒުވާނުންނަށް ރީހެބިލިޓޭޓް ކުރުމަކާއި ނުލައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެގޮތަށް ވަޒީފާ ލިބުނު ބައެއް ފަރާތްތަކަކީ ސަރުކާރު އޮފީހުގައި ހަރަކާތްތެރިވަމުން ގޭންގުތަކުގައިވެސް ހަރަކާތްތެރިވާ ފަރާތްތައްކަމަށެވެ. އަދި އެ ހާލަތުގައި ހިދުމަތްތައް ލިބިގަންނަ އިރު ކަންބޮޑުވާންޖެހޭކަމަށް ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ، އޭރުގެ ރައީސުލްޖުމުހޫރިއްޔާގެ ގޮތުގައި ހުންނެވި ރައީސް ޔާމީންވަނީ ދައުލަތުގެ ވަސީލަތްތައް މެދުވެރިކޮއް އަދި އެހެނިހެން ގޮތް ގޮތުން ކުށްކުރާ ގޭންގުތަކަށް ފަންޑުކޮއްފައިކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ފައިސާ ދީފައިވަނީ ކުޅިވަރާއި ޒުވާނުންނަށް އެހީތެރިވެދިނުމުގެ ނަމުގައިކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އޭރުގެ ސަރުކާރުންވަނީ ސަރުކާރުގެ ސްޕޯންސާޝިޕްގެ ދަށުން ސްޕޯޓްސް ކްލަބް ތަކުގެ ގޮތުގައި ރަޖިސްޓްރީކޮއްފައިވާ ގޭންގުތަކަށް މާލީ އެހީތެރިކަން ފޯރުކޮއްދީފައިކަމަށެވެ. އަދި އެ މާލީ އެހީތެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތްތަކުގައި އެ ގުރޫޕުތަކުން ވާގިވެރިވިކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ހަމަ އެއާއެކު މާލޭގައިހުރިގޭންގުން ވެރިވެގެން ތިބި ޕާކު ތައް ފޮހެ ލައި އެތަން ތަން ފިނި މައިޒާން ތަކަށް ބަދަލުކޮށް ، ރޭގަނޑު 10 ފަހު މާލޭގެ މަގުތައް މީހުން މަދުކުރުމަށް ފިހާރަ ތައް ބަންދު ކޮށް، ތޮއްޖެހުން ކުޑަކުރުމަށް މާލެ ހިއްކައި، އުޅެން ފަސޭހަ ކޮއްދިނެވެ

  2. މަރުކޮމިޝަން މި އޮތީ ރަނގަޅަށްވެސް ސިޔާސީވެފަ! އަސްލަމް ގެ އާއިލީ މީހެއް ކަމަށްވާ ފަރީޝާ ލައްވާ މިދައްކަނީ ކޮންފަދަ ސޭކު ވާހަކަޔެއް!

  3. ތިޔައީ ސީދާހަގީގަތުގައިވެސް ތެދެކެވެ އާބާދިބޮޑު ރައްތަކަށް ސަރުކާރުން ފޮނުވި ވަފުދުގެތެރޭގައި ނާއިބުރައިސް ޖިހާދު،،އަދުރޭ،ޚަލީލު،ނިހާނު، މިހެންގޮސް އެއިރުގެ ސަރުކާރުގެ އިސްކޮން އުޅުނުބޭފުޅުން ހިމެނޭ! އެރައްރަށުގެ ޕޮލިސްޓޭޝަނުގައި ހުރި މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާއި،،ގޭންގުތަކުގެ ކުދިންގެ ހުރިހާ މައްސަލަތަކުގެ ލިޔެކިޔުން ތަށް ނަގާ ނައްތާލުމަށްފަހު އެކުދިންލައްވާ ޕީޕީ އެމްއަށް ފޯމްފުރައި ޕާޓީއަށް ވައްދަމުންގެންދިޔައިކަމީ ސިދާހަގީގަތެއް،، އެކަމުގެ ނަތީޖާ މިފެންނަނީ ކިހާއުފާރިތޯ؟؟؟؟؟؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: