ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ނޫސްވެރިކަމަށް ހުރަސްނޭޅުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފި

އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫސްވެރިކަމަށް ހުރަސްނޭޅުމަށާއި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީއިން ”ދިޔަރެސް“ ނޫހާއި އެ ނޫހުގެ ޗީފް އެޑިޓަރ އަހްމަދު އަޒާން އަށް އަމާޒުކޮށް ބިރުދެއްކުމުގެ ގޮތުން ނެރެފައިވާ ބަޔާން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށްވީހިނދު، އެއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ އަދި ނޫސްވެރިންގެ ގަލަމުގެ މިނިވަންކަމަށް އަރައިގަނެވޭފަދަ ކަމެއް ކަމުގައި ދެކޭކަމަށް އެ ބަޔާނުގެވެއެވެ.

”މީޑިއާގެ ފަރާތްތަކަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ކަމާބެހޭ މުއައްސަސާތަކުން ކުރަންޖެހޭ ކަމަކަށްވާއިރު، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ މިފަދަ އިންޒާރުތަކާއި ބިރުދެއްކުމުގެ ޢަމަލުތައް ބަލާ އެފަރާތްތަކަށް ރައްކާތެރި މާޙާއުލެއް ޤާއިމްކޮށްދިނުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް ގޮވާލަމެވެ“ އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ނޫސްވެރިން ލިޔާ ލިޔުންތަކާއި، ގުޅިގެން އެކަން ހުއްޓުވުމަށް ބޭރުގެ އެކި ފަރާތްތަކުން ސަރުކާރު މެދުވެރިކޮށް ފިއްތާ ފިއްތުންތަކުގެ ސަބަބުން މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުން ނޫސްވެރިންގެ އަނގަ ބަންދުކޮށް ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: