ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ޑޯޒު ޖެހި މީހުން ކަރަންޓީނު ވާން ނުޖެހޭނެ: ވެކްސިން ނުޖެހޭ ކުދިން ކަރަންޓީނު ވާން ޖެހޭ!

ފޮޓޯ_ދި ޑެއިލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒު ހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު މުއްދަތު ހަމަނުކޮށް ރަށްރަށަށް ދެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން މިއަދު އެޗްއީއޯސީ އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް 19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ދޭ ލުއިތައް އިއުލާން ކުރައްވަމުން މަބްރޫކް އަޒީޒު ވިދާޅުވީ، ދެ ޑޯޒު ވެކްސިން ޖަހާފައި 14 ދުވަސް ވުމަށްފަހު މޮނީޓަރިންގައި ނެތް ރަށްރަށަށް ނެގަޓިވް ޕީސީއާރު ޓެސްޓަކާއެކު ދެވޭނެ ކަމަށެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ފަރާތްތަކަށް އަދި މި ލުއިތަކެއް ނުލިބޭނެ އެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތަ އާއި 10 އިންސައްތައިގައި ހުންނަ ދުވަސްވަރު ދެ ޑޯޒް ޖަހާފައިވާ މީހުން ރަށަކަށް ދާނަމަ، ހަތް ދުވަސް ވަންދެން އެ ރަށެއްގައި ކަރަންޓީން ވާން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ގިނަ ބަޔަކު ޖަހައިފަ ވީނަމަވެސް ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ގިނަ ފަރާތްތަކެއްވެސް އެބަތިއްބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: