ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ އިންކުއަރީ ފުލް ރިޕޯޓު އަދިވެސް ރައީސްއަށް ނުލިބޭ!

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓް އަދި ރައީސުލްޖުމްހުރިއްޔާ އަށް ނުލިބޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެ ރިޕޯޓުގައި ހުށަހަޅާފައިވާ ހުށަހެޅުންތަކާއިމެދު އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރަމުން އަންނާތީ މަބްރޫކް ވިދާޅުވީ، އިންކުއަރީގެ ރިޕޯޓް ރަސްމީކޮށް އަދި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް ނަމަވެސް، މަޖިލީހުން ޢާންމުކޮށްފައިވާ ރިޕޯޓް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދިރާސާ ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓް އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ ބްރާސްފަތި ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައެވެ. އެހެންކަމުން ރިޕޯޓު ރައީސް ސޯލިހަށް ހުށަހެޅުން ލަސްވެފައިވާ ކަމަށް ނުދެކޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އާންމުކޮށްފައިވާ ރިޕޯޓްގައި ވަނީ ބައެއް ބައިތައް ކަނޑާލާފަ އެވެ. ނަމަވެސް ނުކަނޑާ އޮތް ފުރިހަމަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާ އަށާއި، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ފޮނުވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: